ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހު ބޭނުންވާ ސްޕީޑުގައި ކަންކަން ނުކުރެވެނީ އެމްޑިޕީގެ ސަބަބުން – ޤާސިމް

ޖޭޕީގެ ލީދަރު ޤާސިމް އިަބރާޙިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވެނީ، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ އިއްޒަތްތެރި މެމްބަރު އޮނަރަބަލް ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީ އަށް އަލަސް ގުޅިވަޑައިގެން ހާއްސަ މެމްބަރުންތަކެއްގެ ޝަރަފުގައި، ރޭ އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުަގައި، ވާހަކަ ދައްކަވަމުން ޤާސިމް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ބައިބައިވުންތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ ބައިބަވުންތަކާ އެކު ވެސް އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހު ސާބިތުކަމާއި ކެތްތެރިކަމާއި އެކު ކުރިއަށް ވަޑައިގަންނަވާކަން ޤާސިމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

”އެމަނިކުފާނު (ރައީސް ޞާލިހު) ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުންކަން އަޅުގަނޑަށް ކަށަވަރު،“ ޤާސިމް ވިދާޅުވި އެވެ.

ޤާސިމް އެހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ މަޝްރޫތައް ލަސްވަނީ ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ތައާރަފް ކުރުމުގެ ’ކްރެޑިޓް‘ އެމްޑީޕީން ނަގަމުން ދާތީ ޤާސިމް ވަނީ އެކަމަށް ވެސް ރައްދު ދެއްވައިފަ އެވެ. ޤާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރީ ކޮންބައެއް ކަމާއި ކާކުކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށެވެ.

އެގޮތުން ރައީސް މައުމޫންގެ ދައުރުގެ ފަހު ދުވަސްކޮޅު އެޓޯލްސް މިނިސްޓަރެއްގެ ގޮތުގައި ހުރި އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން، ލާމަރުޒަކީ ނިޒާމް ތައާރަފް ކުރުމަށް ކުރެއްވި މަސައްކަތް ޤާސިމް ފާހަގަ ކުރެއްވި އެވެ.

”ރައީސް މައުމޫން ބޭނުންފުޅު ނުވާ ނަމަ އެ ދުވަހު ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނު އަސާސީގައި ލިޔެވިގެން ދިޔައީސް ތޯ. ނުވަތަ ގާނޫނު އަސާސީ އެގޮތަށް ލިޔެވިގެން ދިޔައީސް ތޯ؟ ނޫން ނުދިޔައީސް،“ ޤާސިމް އިބްރާޙިމްް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް މައުމޫން އެކަން ކުރެއްވީ ހެޔޮހިތުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: