ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު އިތުރުވެ، 100 އިން މައްޗަށް! !

ފޮތޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ހުވާނުން ފެތުރެން ފެށީ، ކޮރޯނާ ވައިރަސް ހަލުވި ކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން، ވައިރަސް ޖެހި 106 މީހުން މިހާތަނަށް މަރުވެފައިވަ ކަމަށް ޗައިނާއިން ބުނެފިއެވެ..

މީގެ އިތުރުން ބައެއް އިތުރު ގައުމުތަކުން މި ވައިރަސް މިހާރު ފެނިފައިވާއިރު މި ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު މިހާރު މިވަނީ 4000 އަށްވުރެ މައްޗަށް އަރާފައެވެ. އިއްޔެ ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދު އުޅެނީ ގާތްގަނޑަކަށް 2000 ހިސާބުގައެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު ފެނި، ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ މި ނުރައްކާތެރި ވައިރަސް ފެނުނު ވުހާން ހިމެނޭހެން އެގައުމުގެ 20 ސިޓީއެއް ޗައިނާއިން މިހާރު ވަނީ “ލޮކް ޑައުން” ކޮށްފައެވެ. އެ ސިޓީތަކަށް އެތެރެ ވެ، ބޭރުވުން މިވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

މި ވައިރަސް އެންމެ ފަހުން ފެނިފައިމިވަނީ ޖަރުމަނުންނެވެ. ޖަރުމަނުގެ ދެކުނު ބަވާރިއާއިން ރޭގެ ވަގުތެއްގައި މީހަކު މި ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު ދިވެހި ރާއްޖެއާއި އެންމެ ކައިރިން މި ވައިރަސް ފެނިފައިމިވަނީ ލަންކާއިންނެވެ.

މި ވައިރަހުން ރައްކާތެރި ވުމަށް ރާއްޖެއިން ދުރާލާ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެއާޕޯޓްގައި ތާމަލް ކެމެރާ ހަރުކޮށް ރާއްޖެ އެތެރެވާ ފަތުރުވެރިން އަންނަނީ މޮނީޓަރ ކުރަމުންނެވެ
ކޮރޯނާ ވައިރަސްއަކީ އާންމު ގޮތެއްގައި ޖަނަވާރުންގެ ފުށުން ވާރުތަވާ، އެކި ކަހަލަ ބަލިޖައްސާ ވައިރަސްއެވެ. މި ވައިރަސްގެ ސަބަބުން ޖެހޭނީ ކޮން ބައްޔެއްކަން ނުވަތަ މައްސަލައެއްކަން ކަނޑައެޅިގެން ބުނާކަށް ނޭނގޭނެއެވެ. މިހާތަނަށް އިންސާނުންގެ ގައިން ހަތް ވައްތަރެއްގެ ކޮރޯނާ ވައިރަސް ފެނިފައި ވެއެވެ. އެންމެ ފަހުން، މި ވައިރަސް ފެނުނީ ޗައިނާއިންނެވެ. ޗައިނާއިން ފެނުނު މިވައްތަރުގެ އާ ވައިރަހުން ބޮޑަށް ބަލިޖައްސަނީ ނޭވާލާ ނިޒާމަށެވެ.

އިންސާނެއްގެ ގަޔަށް މި ވައިރަސް އަރައިފިނަމަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދެއެވެ. އެއަށް ފަހު ނިއުމޯނިއާ ބައްޔަށް ފަރުވާ ކުރަން ނަގާ އެންޓިބަޔޮޓިކް ބޭސްތަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. ކުޑަކުދިންނާއި، ދިފާއީ ނިޒާމް ބަލިކަށިމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވައިރަސް ޖެހިއްޖެނަމަ ފުރާނަ އަށް ނުރައްކާވާކަހަލަ ހާލަތެއް މެދުވެރި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ގައިން ގަޔަށް އަރާ، މި ވައިރަސް ފެތުރުމަށް އެންމެ މަގުބޫލް ގޮތްތަކަކީ، ހަތަރުކަޅި ހަމަކުރުމާއި، ސަލާމްކުރުމާއި ކެއްސުން އަދި ކިނބިހި އެޅުމެވެ. މި ބައްޔަކީ، ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް ކަމުން ސިއްހީ އެހީތެރިއެއްގެ އިރުޝާދާ އެއްގޮތަށް ފިޔަވައި ބަލިޖެހިފައިވާ މީހަކާ އެއްވެސް ހާލެއްގައި ގައިގޯޅި ނުވުން ބުއްދިވެރިއެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑަކުޓަރަކަށް ދެއްކުން މުހިންމެވެ

މި ވައިރަސް އަދި މިހަތަނަސް ރާއްޖެއިން ފެނިފައި ނުވެއެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: