ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރުން ހެކިބަސް ނެގޭނެ ގޮތެއް ގާނޫނަކު ނެތް!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްރުން ހެކި ބަސް ނެގޭނެ ގޮތެއް ގާނޫނަކުން ކަނޑައެޅިފައި ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނެފައި ވަނީ، ތަހުގީގަށް ބެނުންވެގެން ފުލުހުންނަށް ފޯނު ދޭން އެދުމުން، ނުދިން މައްސަލައިގައި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަށް އިއްވާފައިވާ ޖަލުހުކުމް ބާތިލުކޮށް މިނިވަންކުރަން ކުރި ހުކުމްގަ އެވެ.

ފޯނު ނުދިން މައްސަލާގައި އަބްދުﷲ ސައީދަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ކުރީ ތިން ސިއްރު ހެކިވެރިއެއްގެ ހެކި ބަހަށް ވެސް ރިއާޔަތް ކޮށެވެ. އަބްދުﷲ ސައީދު ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ހެކި ބަސް ނަގާފައިވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ ފަރާތުން ފާހަގަ ކޮށްފައި ވަނީ ހެކި ބަސް ނެގުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 (ހ) އާއި 149 ވަނަ މާއްދާއާ ހިލާފު ކަމަށެވެ. އެ ގާނޫނުގެ 147 (ހ) ގައި ބުނަނީ (ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް ހެކީންގެ ހެކިބަސް ނަގަންވާނީ، އާންމުކޮށް، ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި، ޝަރީއަތުގެ މަޖިލީހަށް އެ މީހުން ހާޒިރުކޮށް، ހުވައި މަތީގައި އެ މީހުންނާ ސުވާލު ކޮށްގެން ކަމަށެވެ.

މާއްދާ 149 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަވާލާދީފައިވާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުގެ ގާނޫނެކެވެ. އެ ގާނޫނަށް އެއްވެސް އިސްލާހެއް ވެސް ގެނެސްފައެއް ނުވެ އެވެ.

އިއްޔެ ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަކަށް ހެކި ބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތް ކަމަށެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: