ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ މަޤާމަކަށް އީސީ ކުރީގެ ނައިބު ރައީސް އަމްޖަދް!

އަމްޖަލް (ވ) އީސީގެ ރައީސް ޝަރީފް އާއިއެކު—ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު އަމްޖަދު މުސްތަފާއަށް މާލޭ ސިޓީ ކައުންސިލްގެ މަޤާމެއްހަމަޖައްސަވައިފިއެވެ.

އީސީގެ ނައިބު ރައީސް ކަން ކުރެއްވި އަމްޖަދު މަޤާމުން ވަކިވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 އަށް މެމްބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

މެމްބަރުކަމުގެ މަޤާމު ހުސްވުމުން އެކަމަށް ހުޅުވާލި ފުރުސަތުގައި އަމްޖަދް ކުރިމަތި ލެއްވި ނަމަވެސް އެ މަޤާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖްލީހުން ރުހުންދިނީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގަށެވެ.

ސަންގު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖަދް ހަމަޖައްސަވާފައިވަނީ ސިޓީ ކައުންސިލުގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަޤާމަށެވެ.

އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް ހަމަޖައްސާފައިވާ އެ މަޤާމުގެ މުސާރައަކީ 15 އާއި 25 ހާހާއި ދެމެދުގެ މުސާރައެވެ.

އަމްޖަދް މިއަދު ވަޒީފާއަށް ނުކުންނަވާފައިވާ ކަން ސިޓީ ކައުންސިލް ބައެއް ކައުންސިލަރުން ވަނީ ޔަގީން ކޮށްދެއްވާފައެވެ.

މައުލޫމާތު ހިއްސާ ކުރެއްވި ބައެއް ކައުންސިލަރުން ވިދާޅުވި ގޮތުގައި އެ މަޤާމަކީ ސިވިލް ސާވިސް ތެރޭގައި ހިމެނޭ މަޤާމެއް ނޫނެވެ. އެ މަޤާމަކީ ރައީސް އޮފީހުން ހަމަ ޖައްސައިދޭ ބަޖެޓަކުން ސިޓީ ކައުންސިލުން ހަމަޖައްސާ މަޤާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: