ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާވައިރަހާ ގުޅިގެން 2083 ބުކިން ކެންސަލްކޮށްފި!

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ބަޔަކު އެންޓި ވައިރަސް ކޮސްޓިއުމުގައި --- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަހާ ގުޅިގެން ދެހާހަށްވުރެ ގިނަ ފަތުރުވެރިންގެ ބުކިން ކެންސަލްކޮށްފައިވާއިރު އޭގެތެރެއިން 70 އިންސައްތައަކީ ޗައިނާގެ ފަތުވެރިންން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރެޔާހަމައަށް 2083 ބުކިން ކެންސަލްކޮށްފައިވާކަމަށެވެ. އޭގެތެރެއިން 1466 ބުކިން އަކީ ޗައިނާގެ ފަތުރުވެރިންކަމަށެވެ. މިމަހު 26 ވަނަ ދުވަހުން ފެށިގެން ޓޫރިޒަމް މިނިސްޓްރީގައި ސިޗުއޭޝަން ޔުނިޓެއް ޤާއިމްކުރައްވައި ކޮރޯނާ ވައިރަހާ ގުޅިގެން ފަތުރުވެރިކަމަށް އަންނަ ލޮޅުންތައް ދެނެގަތުމުގެ މަސައްކަތް ފަށްޓަވައިފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިޙާލަތުގައި ކޮންމެ ދުވަހަކުވެސް ފަތުވެރިކަމަށް އަންނަ ލޮޅުންތައް ބަލަމުން ގެންދަވާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އެކުލަވާލައްވައިފައިވާ ޤައުމީ ޓާސްކްފޯހުގެ އިތުރުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް ޓާސްކްފޯހެއް ވަނީ އެކުލަވައިލައިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަންނާނެ ލޮޅުންތަކާ ބެހޭ ކަރުދާހެއް އެކުލަވާލައްވައި އިކޮނިމިކް ކައުސިލަށް ވެސް ހުށަހަޅައިފައިވާކަމަށް މިނިސްޓަރ ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ. މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށްވެސް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

”ސަރުކާރަށް އެންމެ މުހިންމުވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިޤްތިޞާދުވެސް އަންނާނީ އޭގެ ފަހުން. އިޤްތުޞާދެއް އޮންނަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް. އެހެންވީމާ ކަމާބެހޭ އިދާރާތަކާއެކު އެވަގުތަކު ނަގަންޖެހޭ ޑިސިޝަނެއް ނެގުމަށް ސަރުކާރު އޮތީ ތައްޔާރަށް“ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ކްރޯނާ ވައިރަހަށް ސަރުކާރުން ފުރިހަމައަށް ވަނީ ތައްޔާރުވެފައިކަން ފާހަގަ ކުރައްވާ ސަރުކާރުން އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރުނުކުރާނެކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް ވެސް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: