ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ޖެހުނު މީދޫ ފޮށިން ކާމިޔާބުވީ އެމްޑީއޭއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫގެ ރައީސް ހޮވުމުގައި މައްސަލަ ޖެހުނު ވޯޓު ފޮށި އަލުން ގުނިއިރު، އެއް ވޯޓުގެ ތަފާތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ.

މި މައްސަލައަކީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާކަމަށް ބުނެ އެމްޑީއޭއިން އެ ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލައެކެވެ.

އެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ 114 ވޯޓު ކަމަށްވާއިރު، އެމްޑީއޭ ކެންޑިޑޭޓަށް ލިބުނީ 127 ވޯޓެވެ.

ހުރިހާ ފޮށްޓެއްގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެމްޑީއޭއަށް މީދޫ ކައުންސިލްގެ ރައީސްކަން ކާމިޔާބުވީ، އެންމެ ވޯޓެއްގެ ފަރަގަކުންނެވެ. މިގޮތުން، ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި ސުހާއަށް 391 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީއޭ ކެންޑިޑޭޓަށް ވަނީ 392 ވޯޓު ލިބިވަޑައިގެންފައެވެ.

މި މައްސަލަ ހޫނުވީ ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ވޯޓުގެ ފަރަގު ކުޑަކަމުންނެވެ. އީސީން ކުރިން އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބިވަޑައިގެންފައިވާއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: