ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިޒްގެ ކަންބޮޑުވުން: ލިބޭ ޑޮލަރަށްވުރެ ނުރައްކާ ބޮޑުވެދާނެ!

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންގެ އަތުން ލިބޭ ޑޮލަރު ކޮޅަށްވުރެ ރާއްޖެއަށް ދިމާވާ ނުރައްކާ މާ ބޮޑުވެދާނެ ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ ފާއިޒްގެ އަމިއްލަފުޅު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާ މީހާ ވިއްކާ ޑޮރަލަރު ކޮޅަށްވުރެ، އޭނާގެފަރާތުން ކޮށްފާނެ ނުރައްކާ ބޮޑުވެދާނެ ކަމަށެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ކަމެއްހިނގައިފިނަމަ، ފެންނާނެ މަންޒަރު މާނުރައްކާވެދާނެއެވެ. އެހެންވެ، ޗައިނާ ފަތުރުވެރިންނަށް ރާއްޖޭގެ ދޮރު ބަންދުކުރަން ނުވޭތޯ ފާއިޒް ސުވާލު ކުރެއްވިއެވެ.

ކަންބޮޑުވުން ފާޅު ކުރައްވާ ފާއިޒް އެހެން ވިދާޅުވެފައިވަނީ ސިންގަރާއި ޔޫއޭއީ ފަދަ ކުރިއަރާފައިވާ ގައުމުތަކުން ވެސް ކޮރޯނާވައިރަސް ފެނިފައި ވާތީއެވެ. އަދި ރާއްޖޭން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށް ގަބޫލު ނުކުރެއްވޭތީއެވެ.

ފާއިޒް ވިދާޅުވީ ބަލީގެ އަސަރު އެންމެ ބާރަށް ފެތުރެމުންދަނީ ފަތުރުވެރިކަމުގައި މަޝްހޫރު ގައުމުތަކުގައި ކަމަށެވެ. އެގޮތުން ޗައިނާ މީހުންގެ ފުށުން، ސިންގަޕޫރާއި ޔޫއޭއީ އަށް ކޮރޯނާވައިރަހުގެ އަސަރުކޮށްފައިވާއިރު، އެއީ ހުރިހާ ގޮތަކުން ވެސް ކުރިއަރާފައިވާ ޤައުމުތައް ކަމަށް ފާއިޒް  ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ  ރަށްރަށުގައި އަދިވެސް އޮތީ، ހުރިހާ ބާވަތެއްގެ ރޯގާ އަށް ޕެނެޑޯލްގެ ބޭސް ސިޓީއެއް ލިޔެދީފައި ގެއަށް ފޮނުވާ ލުމުގެ ސަގާފަތް ކަމަށް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ ރިސޯޓުތަކުގެވާހަކަ ބާއްވާފައި، ގެސްޓުހައުސްހިންގާ ރަށްރަށުގެ ހާލަތަށް ބަލަންޖެހޭ ކަމަށެވެ. އެތަންތަނަށް އަންނަ ފަތުރުވެރިން އުޅެމުން ދަނީ ރަށުގެ މީހުންނާ ވަރަށް ބޮޑަށް ގައިގޯޅިކަން އޮންނަ ގޮތަކަށް ކަމަށް ފާއިޒް ވިދާޅުވިއެވެ.

”ގެސްޓުހައުސްތަކަށް އަންނަ ބައެއް. ޗައިނާ ފަތުރުވެރިންނަކީ ރަށުފިހާރައިން އެއްޗެހި ގަނެގެން ކައިއުޅޭބައެއް، މިޒާތުގެ ފަތުރުވެރިކަމެއް އޮތްތަނަކަށް، ނުރައްކާތެރި ރޯގާއެއް ފަތުރާފާނެ މީހަކު އޮޅުމަކުން ނަމަވެސް ދޫކޮށްލެވިއްޖެނަމަ، ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވާން، ތިބުމުގެ ބަދަލުގައި އެފަދަ ހާލަތަކަށް ނުދިއުމަށްޓަކައި، ކޮރޯނާވައިރަސް އުފުލާ މީހުންނަށް ވެލާނާ ގޭޓް ބަންދުކުރުންބުއްދިވެރިނޫންތޯ“ ފާއިޒް ވިދާޅުވެފައިވެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒްގެ އިތުރުން އާންމުންގެ ގިނަ ބަޔަކުވެސް ދަނީ ޗައިނާއިން ޓޫރިސްޓުން ގެނައުން މި ވަގުތު ހުއްޓާލަން ގޮވާލަމުންނެވެ. ބައެއް ދިވެހިން އެހެން ގޮވާލަން މި ފެށީ ބައެއް ގައުމުތަކުން ޗައިނާ މީހުންނަށް ވިސާ ދިނުން ކޮންޓްރޯލްކުރުމާ އެކުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: