ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަނީ!

އިންތިހާބެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރަށްދިޔަ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

މިގޮތުން އިންތިހާބުގެ ދެ ވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިޚާބުތައް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައި އެކަމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު ވިދާޅުވިއެވެ. ޒާހިދު ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބަކީ ކައުންސިލް އިންތިޙާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނުކުތް އިންތިޙާބު ކަމަށެވެ.

މިގޮތުން މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ވަނީ ލިބިފައިވާކަން ފާހަގަކުރައްވާ ޒާހިދު ވިދާޅުވީ، މީގެ ތެރެއިން 215،376 މީހަކު ފަރުދީ ޒިންމާ އަދާކޮށް ވޯޓުލާފައިވާކަމަށެވެ.

މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ އިންތިޚާބެއްގައި އެންމެ ގިނައިން ވޯޓުލީ ފަހަރުކަން އީސީއިންވަނީ ފާހަގަކޮށްފައެވެ.

އެހެން އިންތިޚާބު ތަކެކޭވެސް އެއްގޮތަށް މިފަހަރުގެ އިންތިޚާބުގައިވެސް ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1626 ފަރާތަކާއި ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތަކާއި ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4021 ފަރާތެއް ހަރަކާތްތެރިވިކަން ޒާހިދު ފާހަގަކުރެއްވިއެވެ.

އަދި އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރުމަށް 3275 ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވެފައިވާކަމަށް އީސީންވަނީ ހާމަކޮށްފައެވެ. އިންތިޚާބުގެ އެކި މަރުހަލާތަކުގައި އޮބްޒާވަރުން އަދާކުރި މުހިންމު އެކި މަސްއޫލިއްޔަތުތަކަށް އީސީއިންވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި މި އިންތިޚާބަކީ މިނިވަންކަމާއި އިންސާފުވެރިކަމާއިއެކު ބޭއްވުނު އިންތިޚާބެއްކަން އީސީއިން ވަނީ ފާހަގަކޮށްފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިގޮތުގައި މިފަހަރުގެ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ލިބިފައިވެއެވެ. މި ޝަކުވާތަކާ ގުޅިގެން ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބު އެރުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް  ޒާހިދު ވިދާޅުވިއެވެ.

ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ޙައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ. އެ ފުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްލަ 3 ވޯޓެއް ކުރިއަށް ގެންދިޔައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި  ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނެގި ވޯޓެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: