ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުދުރަތީ މާހައުލަށް ބަދަލުތައް އަންނަނީ އިންސާނުންގެ ސަބަބުން: ޑރ. ހުސައިން

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނުންގެ ސަބަބަން ގުދުރަތީ މާހައުލަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ފެންނަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން، ށ. ފުނަދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ގުދުރަތީ މާހައުލާއި ނިޒާމުތަކަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ ރަށްރަށް އާދަޔާ ހިލާފަށް ގިރަމުން ދާތީ އެ ކަމަށް ހައްލު ހޯދަން ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.

މިހާރު ދިމާވެގެން އުޅޭ މައްސަލަ ދިރާސާކުރުން ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި އީ.ޕީ.އޭގެ ސާރވޭ ޓީމް މިމައްސަލަތައް ދިރާސާކުރުމަށް މިހާރުވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ސާވޭ ޓީމް މި މައްސަލަތައް ދިރާސާކުރުމަށް މިހާރު ވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދަނީ“ މިނިސްޓަރު ވިދާޅުވި އެވެ.

އީޕީއާ ގުޅިގެން ގުދުރަތީ މާހައުލަށް އަންނަ ނޭދެވޭ ބަދަލުތައް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، މާފަރު އެއާޕޯޓް ބޮޑުކުރަން ބޭނުންވާ ބިން ހިއްކުމުގެ ހުއްދަ ނުދޭން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމި، ނިންމުން ބާތިލްކޮށް އެކަމަށް ހުއްދެވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިނެވެ.

މާފަރުގެ އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމަށްފަހު ބުނީ މާފަރުން ބިން ހިއްކަން ހުއްދަ ނުދޭން ނިންމީ ނުވަ ސަބަބަކާ ހެދި ކަމަށެވެ.

މާފަރުގެ އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ފަހު އީޕީއޭއިން ބުނީ ބިން ހިއްކައިފި ނަމަ މާފަރުގެ ފަޅުން ބޮޑު ސަރަހައްދެއް ގެއްލި ވަށައިގެންވާ ފަރަށް އޭގެ ނުބައި އަސަރު ކުރާނެ ކަމަށެވެ.

އީޕީއޭ އިން ހުއްދައެއް ނުދިނުމަށް ނިންމާފައިވަނިކޮށް، އެކަން ބާތިލް ކުރައްވާ މިނިސްޓަރު އެކަމަށް ހުއްދަ ދެއްވީ ޝަރުތުތަކަކާ އެކުގައި ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޝަރުތުކޮށްފައިވެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށް ފަހަކަށް އައިސް އާދަޔާ ހިލާފަށް ވަރަށް ބޮޑަށް ގިރަމުންދާ މައްސަލައާ ގުޅިގެން ބުދަ ދުވަހު ބޭއްވި ރައްޔިތންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގައި މަޖިލީހުގެ މެންބަރުންވަނީ އެންވަޔަރަމަންޓް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޮމެޓީގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ އެންވަޔަރަމަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި ކަމާ ބެހޭ އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: