ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިތަކާ ގުޅިގެން ނަމާދުގައި ގުނޫތު ކިޔަން އަންގައިފި!

މީހަކު މިސްކިތެއްގައި - ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް އަދި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން  ޢާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިރޭގެ މަޣުރިބް ނަމާދުން ފެށިގެން ގުނޫތު ކިޔަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ހުރިހާ މިސްކިތެއްގައި މިރޭގެ މަޣުރިބް ނަމާދުން ފެށިގެން ކޮންމެ އަޑުހަރުކޮށް ކިޔަވާ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގާ ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް މިފަދަ ބައެއް ހާލަތްތަކުގައި ގުނޫތު ކިޔަވަން އަންގާފައިވެ އެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގައި މިހާތަނަށް 170 މީހަކު މަރުވެފައިވާއިރު، މި ބަލި ޖެހިފައިވާ މީހަކު ރާއްޖެ އިން އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ.

ނަމަވެސް ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހި މި މަހުގެ ކުރީކޮޅު އަނެއްކާވެސް ރާއްޖެ އިން ވަނީ ފެންނަން ފަށާފައެވެ. އެގޮތުން މި ބައްޔަށް މިހާތަނަށް 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: