ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ބަލިތަކަށް އާސަންދައި ޚިދުމަތްދެނީ!

އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއް ---- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ފެށޭ ފެބުރުއަރީ މަހުން ފެށިގެން ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އާސަންދަ ލިބޭނެ ކަމަށް އާސަންދަ ކުންފުނިން އިޢުލާންކޮށްފިއެވެ.

އެގޮތުން،  އާސަންދަ ކުންފުނިން ބުނި ގޮތުގައި، އާސަންދަ ލިބޭނީ އަމިއްލަ ކްލިނިކުތަކާއި ހަސްފަތާލުތަކުން ފޯރުކޮށްދޭ ފަރުވާތަކަށް އެކަނި ކަމަށެވެ.

އެ ކުންފުނިން ބުނީ، އާސަންދަ ލިބޭނީ ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަންއާއި، ސައިކޮލޮޖިކަލް އެސެސްމަންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އަށް ކަމަށެވެ. އަދި އަމިއްލަ ހަސްފަތާލުތަކާއި ކްލިނިކްތަކުން ނަފްސާނީ ބަލިތަކަށް ހޯދާ ފަރުވާތަކަށް އަހަރަކަށް ހަމަޖައްސާފައި ވަނީ 5،000 ރުފިޔާ ކަމަށް ވެސް އާސަންދައިން ބުނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސްގެ ވަޢުދުފުޅުގެ ދަށުން އައިޖީއެމްއެޗުގައި ވަނީ ”ސެންޓަރ ފޯ މެންޓަލް ހެލްތު“ ގެ ނަމުގައި ކުލިނިކެއް ވެސް ހުޅުވައިފައެވެ. އެކުލިނިކް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހު އެކެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: