ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ފަތާ ޓްރެކް ވަގުތީ ގޮތުން ބަންދުކޮށްފި!

މާލޭ ފަތާ ޓްރެކް ސަރަހައްދު މޫދުގައި ހުރި ކުނިތައް ނެގުމުގައި ބަޔަކު ހަރަކާތްތެރިވަނީ ---- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިރުދެކުނުގައި އޮންނަ ފަތަން ހާއްސަ ޓްރެކް ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.

މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނުން ވަނީ އެކަން ޔަގީންކޮށްދީފައެވެ.

އެގޮތުން އެ އޮސޯސިއޭޝަނުން ބުނީ، ޓްރެކް ބަންދު ކުރީ އެ ސަރަހައްދުގައި ހަދަމުންދާ ވިއުއިން ޕްލެޓްފޯމްގެ މަސައްކަތް ކުރިއަށްދާއިރު ކެރޭނާއިނއެކްސްކެވޭޓަރު ފަދަ ބަރުބއުޅަނދުތައް ބޭނުންކޮށްގެން އެ ސަރަހައްދުގައި އަޅާފައިވާ ބޮޑު ހިލަތައް ނެގުމަށް މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާއިރު، އާންމުންގެ ރައްކާތެރި ކަމަށް، އެ ސަރަހައްދަށް މޫދަށް އެރި އުޅުމާއި އެހެން ބޭނުންތަކަށް އެ ސަރަހައްދު އާންމުންނަށް ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

އަދި އެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށް ސްވިމިން އެސޯސިއޭޝަނާއި އެ މަސައްކަތް ކުރާ މާޒިޔާ ކޮންސްޓަރަކްޝަނުންވެސް ޒިންމާ ނުނަގާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ސްވިމިން އެސޯސިއޭޝަނުން ވަނީ ބަޔާނެއް ވެސް ނެރި މިކަން އާންމުކޮށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: