ހަލުވިކަމާއެކު ފެތުރެމުންދާ، ކޮރޯނާ ވައިރަސް އަށް ޝައްކުވާ އިތުރު މީހަކު މިހާތަނަށް ދިވެހިރާއްޖޭން ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ބައްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އިތުރު މީހަކު ނުފެނުނު ނަމަވެސް، ދެމީހަކު މޮނިޓަރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، މިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށާއި އެ މަޢުލޫމާތު ފޯރުކޮށްދެމުން އަންނަނީ އެކަމާ ގުޅޭ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޕޮޒިޓިވް ކޭސްއެއް އައި ނަމަވެސް އެ މައުލޫމާތުތައް ދެމުން ގެންދާނީ އެގޮތަށް ކަމަށް ވެސް މިނިސްތަރު ވިދާޅުވިއެވެ.
“ ޔަގީންކޮށް އަރުވަން ބޭނުންވަނީ ސަރުކާރުން މިކަމާ ބެހޭ މައުލޫމާތުތަކެއް ހާމަކުރަމުން ގެންދާނެކަން.“ ނުސްވެރިންނަށް މަޢުލޫމާތު ހިއްސާކުރަމުން މިނިސްޓަރު ވިދާޅުވިއެވެ.

