ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް ކަމަށް ޝައްކުކުރެވޭތޯ ބަލަން ދެމީހަކު ދަނީ މޮނިޓަރު ކުރެވެމުން – އަމީން

ހެލްތް މިނިސްޓާރ އަމީން --- ފޮޓޯ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވިކަމާއެކު ފެތުރެމުންދާ، ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭތޯ ބަލަން ދެމީހަކު މިހަރު މޮނިޓަރުކުރެވެމުން ދާ ކަމަށް ހެލްތް މިނސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭ އިތުރު މީހަކު ފެނިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، މިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށާއި  އެ މަޢުލޫމާތު ފޯރުކޮށްދެމުން އަންނަނީ އެކަމާ ގުޅޭ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޕޮޒިޓިވް ކޭސްއެއް އައި ނަމަވެސް އެ މައުލޫމާތުތައް ދެމުން ގެންދާނީ އެގޮތަށް ކަމަށް ވެސް މިނިސްތަރު ވިދާޅުވިއެވެ.

 

“ ޔަގީންކޮށް އަރުވަން ބޭނުންވަނީ ސަރުކާރުން މިކަމާ ބެހޭ މައުލޫމާތުތަކެއް ހާމަކުރަމުން ގެންދާނެކަން.“ ނުސްވެރިންނަށް މަޢުލޫމާތު ހިއްސާކުރަމުން މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: