ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލަށް ނުކުންނަ އެމްޑީޕީގެ ފުލް ޓީމް މިއޮތީ، ކެޕްޓަނަކީ އަނަސް!

މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އައު ބަދަލާއެކު އޮންނަ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބްގައި މާލެ ސިޓީއަށް މޭޔަރާއެކު ވާދަކުރާ 19 ކެންޑިޑޭޓުން އެމްޑީޕީއިން ފައިނަލްކުރުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރި ފަރާތްތަކާއެކު އެމްޑީޕީގެ ކެންޑިޑޭޓުން ކަށަވަރުވެއްޖެއެވެ. 

މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އިންތިހާބުވެވަޑައިގެންނެވިއިރު، ބާކީ ތިއްބެވި 18 ކެންޑިޑޭޓުންގެ ތެރެއިން 8 ކެންޑިޑޭޓުންނަކީ އަންހެން ބޭފުޅުންނެވެ، 10 ކެންޑިޑޭޓުންނަކީ ފިރިހެން ބޭފުޅުންނެވެ. 

ތިރީގައިމިވަނީ އެމްޑީޕީ ޓިކެޓް ކާމިޔާބުކުރެއްވި ފަރާތްތަކާއި، ވާދަކުރައްވާ ދާއިރާއެވެ. 

މާލޭ ސިޓީ މޭޔަރު: އަނަސް އަބްދުއް ސައްތާރު

ހެންވޭރު އުތުރު ދާއިރާ: އައިޝަތު ނިޒްލީ ރަޝީދު

ހުޅުމާލެ ދާއިރާ: ރިޒްނާ ޒަރީރް (ޓީވީ ޕްރެޒެންޓަރ)

މެދު ހެންވޭރު ދާއިރާ: އިސްމާއިލް ހުސައިން (އިންމަ)

ހެންވޭރު ދެކުނު ދާއިރާ: އާމިނަތު ރިޝްފާ އަހްމަދު

ހެންވޭރު ހުޅަނގު ދާއިރާ: (އިންތިހާބު އަލުން ބާއްވާކަމުގެ މައުލޫމާތު ލިބޭ)

ގަލޮޅު އުތުރު ދާއިރާ: މުހައްމަދު ސައިފް ފާތިހް (އައިކޮ)

ގަލޮޅު މެދު ދާއިރާ: އާދަމް ޝަރީފް (އޭޑީ)

ގަލޮޅު ދެކުނު ދާއިރާ: ނަޖީލް އަހްމަދު

ގަލޮޅު ހުޅަނގު ދާއިރާ: މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު

މައްޗަންގޮޅި އުތުރު ދާއިރާ: ޟިރުއާމު ވަހީދު (ނާމު)

މައްޗަންގޮޅި މެދު ދާއިރާ: އަހްމަދު ސަމީރު

މައްޗަންގޮޅި ދެކުނު ދާއިރާ: އާމިނަތު ޝިޒްލީން (ސިންދިމް)

މާފަންނު މެދު ދާއިރާ: އަހްމަދު ރިޝްވާން

މާފަންނު އުތުރު ދާއިރާ:

މާފަންނު ހުޅަނގު އުތުރު ދާއިރާ: މުހައްމަދު އަރީޝް

މާފަންނު ހުޅަނގު ދާއިރާ: މުހައްމަދު ޝާހު

މާފަންނު ދެކުނު ދާއިރާ: ހުސައިން ޝަރީފް

ވިލި މާލެ ދާއިރާ: ހަމްނާ ވަހީދު

ވާދަވެރި އިންތިހާބެއް އެމްޑީޕީއިން ބޭއްވިއިރު، މާލެ ސިޓީ ފަސް ކެންޑިޑޭޓެއް ފިޔަވާ ހުރިހާ ބޭފުޅުންވެސް ޓިކެޓް ހޯއްދެވީ ވާދަވެރިކަމުގެތެރެއިންނެވެ. ހެންވޭރު އުތުރާއި، ގަލޮޅު ހުޅަނގާއި، މާފަންނު ހުޅަނގާއި، މާފަންނު ހުޅަނގު އުތުރާއި މާފަންނު ދެކުނު ދާއިރާއަށް ވާދަވެރިކަމެއް ނެތުމުން، ކުރިމަތިލި ފަރާތްތަކަށް އޮޓޮމެޓިކުންވަނީ ޓިކެޓް ލިބިފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: