ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތު ކުއިޒް 1447ގެ ނަސީބުވެރިޔާއާއި އިނާމު ހަވާލުކޮށްފި!

ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށްގެންދިޔަ ”ޒަކާތު ކުއިޒް 1447″ގެ ނަސީބުވެރިޔާ، ފާޠިމަތު މަޢާލް އަޙްމަދަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު 11:00ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި މަޢާލަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްހަކީމެވެ. ޒަކާތު ކުއިޒްގެ މި އަހަރުގެ އެއްވަނަ އިނާމަކީ، ދެ މީހުންގެ އުމްރާ ދަތުރެކެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ ޒަކާތު ކުއިޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން 5،000އަށް ވުރެ ގިނަ މީހުން މި ކުއިޒުގައި ބައިވެރިވެ، އޭގެ ތެރެއިން 126 މީހަކު ވަނީ ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅުކޮށްފައެވެ. އިނާމުގެ ޙައްޤުވެރި ފަރާތް ހޮވައިފައި ވަނީ، 8 އެޕްރީލު 2026ގައި، އެ 126 މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ލައިވް ގުރުއަތުލުމެއްގެ ޒަރީއާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: