ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންސީއޯ އެކަޑަމީ އަށް ކާމިޔާބު 10 އަހަރު!

ސިފައިންގެ ތަމްރީންތަކުގެ ތެރެއިން -ފޮޓޯ: އެމްއެންޑީއެފް އޮފިޝަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގިރިފުށީގައި ހުންނަ އެމްއެންޑީއެފް ނޮން ކަމިޝަންޑް އޮފިސާސް އެކަޑަމީ (އެންސީއޯ އެކަޑަމީ) އިން 10 އަހަރުގެ ތެރޭގައި 1841 އެންސީއޯއިން ތަމްރީނު ކޮށްފައިވާ ކަމަށް އެ އެކަޑަމީން ބުނެފި އެވެ.

އެ އެކަޑަމީން ބުނީ މިދިޔަ 10 އަހަރުގެ އެންމެ ބޮޑު ކާމިޔާބަކީ އެންސީއޯއިން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްތައް ކަމަށާއި އެ ޕްރަގްރާމްތަކުގައި 1841 އެންސީއޯއިން ތަމްރީން ކޮށްފައިވާ ކަމަށެވެ.

އެންސީއޯ އެކަޑަމީން ކުރިއަށްގެންދާ އެންލިސްޓެޑް ޕްރޮފެޝަނަލް މިލިޓަރީ އެޑިޔުކޭޝަން ނިޒާމްގެ ދަށުން، 36 ކޯޕްރަލް ކޯހާއި، 28 ސާޖަންޓް ކޯހާއި، 8 އެންސީއޯ ކެރިއާ ކޯހުގެ އިތުރުން 5 އެންސީއޯ އެޑްވާންސް ކޯސް ހިންގާފައި ވެއެވެ. އަދި، މިހާތަނަށް އައިއިރު، 1039 ކޯޕްރަލުންނާއި، 618 ސާޖަންޓުންނާއި، 128 ސްޓާފް ސާޖަންޓުންނާއި، ސާޖަންޓް ފަސްޓް ކްލާސް އަދި ފަސްޓް ސާޖަންޓް ރޭންކުގެ 56 އެންސީއޯއިންނާއެކު ޖުމްލަ 1841 އެންސީއޯއިން ވަނީ އެ އެކަޑެމީގެ ތަމްރީންތައް ފުރިހަމަކޮށް ދަސްވެނިވިފައިވެއެވެ.

އެންސީއޯ އެކަޑަމީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: