ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމް، މާރިޔާ އިސްތިއުފާ ދެއްވައި އާދަމް ޝަރީފް މަގާމުން ވަކިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓަރުކަމުން އަބްދުﷲ ނާޒިމް އަދި ދައނޑުވެރިކަމާއި ބެހޭ ވަޒީރު މަރިޔަމް މާރިޔާ ދާދި ދެންމެއަކު އިސްތިއުފާ ދެއްވައި ސިޓީސް މިނިސްޓަރ އާދަމް ޝަރީފް މަގާމުން ވަކިކޮށްފިއެވެ.

ރައީސް މުއިއްޒުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، ކެބިނެޓުގެ 6 ވަޒީރުން ވަނީ މަގާމުން އިސްތިއުފާ ދެވައި އަދި ވަކިކޮށްފައެވެ. އިންތިހާބަށް ފަހު ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވަން ފައްޓަވާފައެވެ.

އެގޮތުން އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ ވެރިންވެސް ވަނީ މިދިޔަ ދެ ހަފުތާގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދިނުން އިތުރުވެފައިވާއިރު، ފެނަކަ އާއި އެޗްޑީސީގެ ބައެއް އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، މި ބަދަލުތައް ގެންނަ ސަބަބެއް މިހާތަނަށް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: