ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިމަރީ: ޝިފާ ބަލި ގަބޫލެއް ނުކުރި!

މަލޭ މޭޔަރު ޝިފާ މުހައްމަދު - ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓް ފޮށި ނަގައިގެން ގެންދަން ޖެހޭ ހިސާބަށް ކަންކަން ދާނީ ކޮންމެވެސް އިހުމާލެއް ނުވަތަ ގޯހެއް އޮތުމުން ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ބަލި ގަބޫލެއް ނުކުރައްވާ އިންތިހާބާ މެދު ސުވާލު އުފައްދަވައިފިއެވެ.

މިއަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ޝިފާ ވަނީ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަ ކުރައްވާފަ އެވެ. މިދިޔަ ހުކުރު ދުވަހު އޮތް އެ އިންތިހާބުގައި ކާމިޔާބު ލިބި ވަޑައި ނުގެން ޝިފާ ވަނީ ބަލިވެފަ އެވެ. ކުރިއަށް އޮތް ކައުންސިލް ޝިފާގެ މައްޗަސް ކުރި ހޯއްދެވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

ހުކުރު ދުވަހު އޮތް ޕްރައިމަރީގައި ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުން ހިނގާފަ އެވެ. އަދި ވޯޓްފޮށިތައް ހުރި ތަންތަނުން ނަގައިގެން ގެންގޮސް ކަރުދާސްކޮޅުތަކާއެކު ހުޅުޖަހާ އަންދާލާފައި ވެއެވެ.

ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ވަކި ވޯޓް ފޮއްޓެއްގެ އިންތިހާބު އަލުން ބާއްވާނަމަ އެކަން ސާފު ކޮށްދިނުން މުހިންމު ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓް ފޮށި ނަގައިގެން ގެންދަން ޖެހޭ ހިސާބަށް ކަންކަންދާނީ ކޮންމެވެސް އިހުމާލެއް ނުވަތަ ގޯހެއް އޮވެގެން ކަމަށެވެ.

https://twitter.com/SifaMohammed/status/1223853482513326081

”ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ފޮށި ނަގައިގަނެގެން ދާންޖެހޭ ހިސާބަށް އެ ދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލެއް ނޫންނަމަ ގޯހެއް ހުރީމަ،“ ޝިފާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިނގާ ވޯޓް ފޮށިތަކުގައި ހުޅުޖަހާ ރޯކޮށްލީ ފޯރި ގަދަވެގެން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: