ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ މަގުން އެއްވެސް ގައުމެއްގެ މީހަކަށް ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފި

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ރާއްޖެއިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ފެތެރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާ މަގުން އެއްވެސް ގައުމެއްގެ މީހަކަށް ރާއްޖެ ތެރެވުން ވަގުތީ ގޮތުން މަނާކޮށްފިއެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ނިންމުން ނިންމެވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި މިއީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ. އެއީ ޗާޓަރު ފްލައިޓެއްގައި ވެސް ނާދެވޭ ގޮތަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެ އިން ޓްރެވެލް އެޑްވައިޒަރީއެއް ނެރުނީ ކޮރޯނާވައިރަހާ ގުޅިގެން ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ. ޚާއްސަކޮށް އެ ވައިރަސް ޖެހިފައިވާ މީހަކު ޗައިނާ އިން ބޭރުން އެހެން ގައުމަކުން މިއަދު މަރުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އަމީން ވިދާޅުވި އެވެ.

މީގެކުރިން ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް ސިދާ ދަތުރުތައް މެދުކަނޑާލާފަ އެވެ. އެއާ ގުޅިގެން މިހާރު ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން އަނބުރާ ގެންދިޔުމަށް ޗައިނާއިން ޗާޓަރު ފްލައިޓްތައް އަ އެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: