ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 12 ޑިމާންޑެއް ސަރުކާރަށް: އިސްލާހު ނުކޮށްފިނަމަ އިހުތިޖާޖަށް!

އެމްޑީޕީގެ ލީޑަރޝިޕް -- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިހާރުން މިހާރަށް ކަންކަން އިސްލާހު ކުރުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ހާއްސަ ގަރާރެއް ފާސްކޮށްފި އެވެ.

މި ގަރާރުގައި ސަރުކާރުގެ ހިންގުމުގެ ނިޒާމާއި، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ މުހިންމު 12 އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ.

އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އިއްވެވި މި ގަރާރުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، މުސްތަގިއްލު މުއައްސަސާތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އަލުން ދޫކޮށްލުމާއި، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރުން ހިމެނެ އެވެ. މީގެ އިތުރުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ދެފުށް ފެންނަ ހިންގުމަކަށް ގޮވާލުން

ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުމަށާއި، ސިޔާސީ މަގާމުތަކުގެ އަދަދާއި ސަރުކާރު ކުންފުނިތަކަށް އައްޔަންކުރި މީހުންގެ ތަފުސީލް ހާމަކުރުމަށް އެމްޑީޕީން ވަނީ ޑިމާންޑްކޮށްފަ އެވެ. އަދި ލޯކަލް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށާއި، ޖޭއެސްސީ އިސްލާހުކޮށް ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ވެސް ގަރާރުގައި ބާރުއަޅާފައިވެ އެވެ.

މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމާއި، ތިމާވެއްޓަށް ގެއްލުންވާ މަޝްރޫއުތައް ހުއްޓާލައި އީޕީއޭ އަށް ބާރުތައް ދިނުމަކީ ވެސް އެމްޑީޕީގެ މުހިންމު ހުށަހެޅުންތަކެކެވެ. އަދި ގާނޫނުއަސާސީ އިސްލާހު ކުރާއިރު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ކޮމިޓީއެއްގެ މަޝްވަރާ ހޯދުމަށް ވަނީ ގޮވާލާފަ އެވެ.

އިހުތިޖާޖު ފެށުން

މި ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ”މި ކަންކަން އިސްލާހު ކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި، ދިވެހި ރައްޔިތުންގެ ހައްގުގައި އިހުތިޖާޖު ފެށުމަށް މި ޕާޓީން ނިންމި ވާހަކަ ހާމަކުރަން“ ކަމަށެވެ. މި ގަރާރު ފާސްކުރުމާ އެކު، އެމްޑީޕީގެ މެމްބަރުން ވަނީ ރޭ މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަން ފަށާފަ އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި، މި ގަރާރަކީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރި މުހިންމު ނިންމުމެކެވެ. އިދިކޮޅު ޕާޓީން ބުނާ ގޮތުގައި މި އިސްލާހުތަކަކީ ގައުމުގެ ޑިމޮކްރެޓިކް ނިޒާމު ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: