ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރުއާން އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ނުހަދާނެ: އެޑިއުކޭޝަން މިނިސްޓްރީ

ކީރިތި ގުރުއާން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ގުރުއާނަކީ އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން ހާމަކޮށްފައި ވަނީ ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ކަނޑައެޅުމަށް ބަޔަކު މީހުން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅަން އުޅޭ ކަމަށް ބުނެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ހުންނަ ދަރިވަރަކަށް ހެދުމަށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އާ ގައުމީ މަންހަޖު އެކުލަވައިލެވި ތަންފީޒު ކުރަން ފެށުމާއެކު ގްރޭޑް އެކަކުން 10 އާ ހަމައަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. 

ހަމައެހެންމެ މިދިއަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 އަލަށް ތަންފީޒު ވެގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ގުރުއާން ގްރޭޑް ނުވައެއްގައި ކިޔަވައިދޭން ފެށި ކަމަށެވެ. އަދި ގްރޭޑް 10 ގެ ދަރިވަރުންނަށް ވެސް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: