ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާ ނުލެވޭނެ!

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މި ހިނގާ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ކުރިން ލަފާކުރި ނަމަވެސް، އެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ މޭ މަހުގެ ނިޔަލަށްކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި، މަޝްރޫއު ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވޭނެތޯ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލިބާއި ވަނީ ސުވާލުކޮށްފަ އެވެ. މިއީ ކުރީ ސަރުކާރުން އެމްއެފްއެމްސީ މެދުވެރިކޮށް ފަށާފައިވާ މަޝްރޫޢެއް ނަމަވެސް، އެ ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވުމާއި ކޮންޓްރެކްޓަރާ ދެމެދު އުފެދުނު މައްސަލަތަކާ ގުޅިގެން، މިހާރު މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި އެ ސުވާލުގެ ޖަވާބުގައި މުއްތަލިބު ވިދާޅުވީ ގިރާވަރު ފަޅުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، ޑިސެމްބަރު 2023 ގެ ނިޔަލަށް ހިއްކިފައިވަނީ 57 ހެކްޓަރެވެ. ނަމަވެސް، އެމްއޭ.ސީއެލް އިން މަސައްކަތާ ހަވާލުވި ފަހުން އޭޕްރީލް 9 ވަނަ ދުވަހުގެ ނިޔަލަށް އިތުރު 44 ހެކްޓަރު ހިއްކައި، ޖުމްލަ 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް ވިދާޅުވި އެވެ.

މުއްލަބު ވިދާޅުވީ ބާކީ ހިއްކަން ޖެހޭ ހެކްޓަރުގެ މަސައްކަތް ނިމޭނެކަމަށް މިހާރު ލަފާ ކުރެވެނީ މޭއި މަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މާޗް 21 ގައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އޭޕްރީލް މަހު ނިންމައި، ޖޫން މަހު ގޯތި ހަވާލުކުރަން ފަށާނެ އެވެ.

ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ކުރިން އެތަނުން 5,000 އަށްވުރެ ގިނަ ގޯތި ދޫކުރަން ނިންމާފައި އޮތް ނަމަވެސް، ޖާގައިގެ ދަތިކަމާ ހުރެ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން ޖެހުނު ކަމަށެވެ. މި ބަދަލާއެކު މިހާރު ގިރާވަރު ފަޅުން ދޫކުރުމަށް ހަމަޖެހިފައިވަނީ 4,072 ގޯއްޗެވެ.

އެއީ:

1,250 އަކަފޫޓުގެ 2,605 ގޯތި
1,650 އަކަފޫޓުގެ 1,213 ގޯތި
2,050 އަކަފޫޓުގެ 253 ގޯތި
2,450 އަކަފޫޓުގެ 1 ގޯތި

މިނިސްޓަރ ވިދާޅުވީ، ނުހިއްކާ ހުރި ބިމުން ރަޖިސްޓްރީ ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާތީ، ގޯތިތަކުގެ ރަޖިސްޓްރީ ހަދައި ހަވާލުކުރާނީ ބިން ހިއްކާ ނިމުމުން ސާވޭ ކުރުމަށްފަހު ކަމަށެވެ. މި މަސައްކަތް މިހާރު ހުޅުމާލެ ފޭސް 3 ގައިވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިހާރު ބޭނުން ކުރަމުން ދަނީ ބޮޑު ދެ ޑްރެޖަރެވެ. އެއީ 35,500 ކިއުބިކް މީޓަރުގެ ވެލި އުފުލޭ ”ކުއީން އޮފް ނެދަލޭންޑްސް“ އާއި 22,000 ކިއުބިކް މީޓަރުގެ ”އޮރޭންޖް“ ޑްރެޖަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: