ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދިރި ކޮންޓްރޯލް ކުރުމަށް، ހުޅުމާލޭގެ އެކި ސަރަޙައްދުތައް ފޮގްކުރަނީ

ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ފޮގް ކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.

މިއީ ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ފެށި މަސައްކަތެކެވެ.

އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ފޮގް ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނީ ފަތިހު 04:00 އިން ހެނދުނު 06:00 އަށެވެ. މި މަސައްކަތް މިއަދު ފަތިހުން ފެށިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފަށާފައެވެ.

”މަދިރިން ރައްކާ“ ކެމްޕެއިނަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، އެފަދަ ތަންތަން މަދުކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކުވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވެފައިވާ ދުވަސްވަރަކަށް ވާތީ، މި މަސައްކަތަށް ވަނީ ހާއްސަ ސަމާލުކަމެއް ދީފައެވެ.

ފޮގް ކުރުމުގެ އިތުރުން، ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް ނައްތާލުމާއި، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މީގެ ކުރީ އަހަރުތަކުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ އިދާރާތަކާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

އެޗްޑީސީން ވަނީ މަދިރި އާލާވުން މަދުކުރުމަށްޓަކައި ފަރުދީ ފެންވަރުގައިވެސް ހުރިހާ ރައްޔިތުން މަސައްކަތްކޮށްދިނުމަށް އެދިފައެވެ. މިގޮތުން ގޯތިތެރެއާއި އާންމު ސަރަހައްދުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: