ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނުގައި އެއްވެސް އުންމީދެއް ނެތް – ޝުޖާއު

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސިވް ޕާޓީ (ޕީއެންސީ)ގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރަޢިސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެއްވެސް އުންމީދެއް ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސިވް ޕާޓީ (ޕީއެންސީ)ގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައިސްގެ ބަޔާނުގައި އެއްވެސް އުންމީދެއް ނެތް ކަމަށާއި ރިޔާސީ ބަޔާނުގައި ވަނީ މާޔޫސްކަން ކަމަށެވެ. އަދި އެ ބަޔާނަކީ ދިވެހިރާއްޖެ އަށް ކަމުދާ އެއްޗެއް ނޫން ކަމަށާއި އެ ބަޔާން އިއްވަން ކަމުދަނީ ”ދޫނި ރާއްޖޭގައި“ ކަމަށެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގައި ބާރަށުގެ ގޮނޑި ފުރުއްވާފައިވާ ޝުޖާއު ވިދާޅުވީ، ރިޔާސީ ބަޔާނަށް ޕީޕީއެމް އިން ރައްދު ދޭނީ ވޯޓު ފޮށިން ކަމަށެވެ.

މީގެ އިތުރުން، ރިޔާސީ ބަޔާނުގައި ހުރި ބައެއް ވާހަތަކަށް، ހުޅުމާލޭ ކައުންސިލަށް  ވާދަކުރަން ނިންމާފައިވާ ޝުޖާއު ވަނީ ރައްދުދެއްވައި ޓްވީޓްކުރައްވާފައެވެ.

https://twitter.com/shuja3831/status/1224200907912384513

އެގޮތުން، ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި އަލަށް ޤާއިމުކުރި އިންޖީނު ގެއިން ކަރަންޓު ދޫކުރަން ފެށި ވާހަކަ ރައީސް ޞާލިހު ވިދާޅުވި އިރު، އެއީ ކޮން ސަރުކާރެއްގައި ފެއްޓެވި މަސައްކަތެއްކަން ހަނދުމަފުޅު ނެތުމުން ހިތާމަފުޅުކުރައްވާ ކަމަށެވެ.

ހުޅުމާލޭ އައު އިންޖީނު ގޭގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައިސް އަބްދުﷲ ޔާމިންގެ ވެރިކަމުގައެވެ.

 

https://twitter.com/shuja3831/status/1224199444934955010

ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރާ ވާހަކަދައްކާއިރު، ދިވެހި އިޤްތިޞާދު މައި ނާރެސް ”ޓޫރިޒަމް ބޭން“ ކޮށްފައިވާ ކަމަށާއި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކޮރޯނާ ވައިރަސްއާއި ގުޅިގެންކޮށްފައިވާ ކަމެއް ނޫން ކަމަށް ބުނެ ވެސް، ޝުޖާއު ވަނީ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ވާހަކަފުޅަށް ރައްދުދެއްވާފައެވެ

https://twitter.com/shuja3831/status/1224208200376803328

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: