ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ޖެހިފައިވާ އެންމެ ބޮޑު މުސީބާތަކީ ކުނި: ރައިސް ނަޝީދު

ރައީސް، ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މުސީބާތަކީ ކުނީގެ އުނދަގޫ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުޙަައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ސޮނޭވާފުށި ރިސޯޓުން ބ. މާޅޮހުގައި ޤާއިމުކުރި ”އީކޯ ސެންޓާރ“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުންޏަކީ ދިވެހިރާއްޖެއަސް ޖެހިފައިވާ މުސީބާތެއް ކަމަށާއި، އަހަރެމެންގެ މައްޗަށް ކުނި ގަދަވެގެންފި ކަމަށެވެ. އަދި އެފަދަ ތަނެއް ގާއިމުކޮށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރާ މަންޒަރު ފެންނާތީ އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ނަމޫނާ ބ. އަތޮޅު“ގެ ނަމުގައި ވެފައިވާ އެ އެއްބަސްވުމުގެ ދަށުން، ގާއިމުކުރި ބ. މާޅޮސް އީކޯ ސެންޓަރުން ކުނި ނައްތާލަން ނިންމާފައި ވަނީ ކުނީގެ ގޮތުން އުކާލެވޭ ތަކެތި އަލުން ބޭނުން ކުރެވޭގޮތް ހަދައިގެންނެވެ.

ރައިސް ނަޝީދު ވަނި މިއަދު އެ ރަށަށް ވަޑައިގެން، އެ ސެންޓަރު ހުޅުއްވައިދެއްވައި، އެ ތަން ބައްލަވައިލައްވާފައެެވެ. އަދި ތަނުގައި ކުރިއަށްދާނެ ކަންކަން އެމަނިިކުފާނު އޮޅުންފިލުވައިލެއްވިއެވެ.

ބ. މާޅޮސް އީކޯ ސެންޓާރ ތަރައްގީކުރި، ސޮނޭވާފުށީ ރިސޯޓުގައި ވެސް އެފަދަ ސެންޓަރެއް ހިންގަ އެވެ. އެ ތަނުގައި އުފެދޭ އެކިއެކި ކުނި ފުނޑުފުނޑުކޮށް އޭގެން ތަފާތުތަކެތި އުފައްދަ އެވެ. އޭގެ ތެރޭގައި އިމާރާތް އެޅުމަށް ގާއެޅުމާއި ގަސް ކާނާ ހިމެނެ އެވެ. އެ ރިސޯޓުން އުކާލާ ހުރިހާ ޕްލާސްޓިކް ކުންޏެއް އެގޮތަށް ބޭނުން ކުރެ އެވެ.

މިއީ ރާއްޖެ ފަދަ ކުނީގެ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް ވަރަށް ބެނުންތެރި ކަމެކެވެ.

ޕްލާސްޓިކްގެ ސަބަބުން އެއްގަމާއި ކަނޑުގެ ދިރުންތަކަށް ވެސް ނޭދެވޭ އެތައް އަސަރެއް ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: