ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމާއި ނޫޅެ ޤާސިމްވެސް މައިތިރިވާން ވެއްޖެ: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު—ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރިޔާސީ އިންތިޚާބެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރުމަކީ ރައްޔިތުން ”ހަޖޫ“ ޖަހާކަމަށް ވެއްޖެކަމަށާއި ދެން ވެރިކަމާއި ނޫޅެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މައިތިރިވާން ވެއްޖެ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާ ޖާބިރު ވިދާޅުވީ ސިޔާސީ މާއިދާނުން ޤާސިމް ރިޓަޔަރ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ގާސިމަކީ ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރައްވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ގާސިމަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަކީ ނުވާނެ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ގާސިމްގެ ސަބަބުން ގައުމަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ގާސިމަށް ހެޔޮއެދޭ އެކުވެރިއެއްގެ ހައިސިއްޔަތުން ސިޔާސީ ކަންކަން ހުއްޓާލުމަށްފަހު ރިޓަޔަރ ވުމަށް އެދިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ގާސިމަކީ އަމިއްލަ އެދުމުގެ ކަންތައްތަކެއް އޮންނަ ބޭފުޅެކެވެ. ގާސިމަށް ހަމައެކަނި ފައިދާވެފައި އެހެން ބަޔަކަށް ފައިދާ ނުވާ ގޮތަށް ކުޅިބައި އެތުރިގެންދިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

”ދެން ރާއްޖެ ހަމައަކަށް އަޅުވަން ގާސިމްވެސް ހަޅޭއްލަވާނެ ގާސިމަށް ބައި ނާޅަންޏާމުން، ބޮޑުތަނުން ގާސިމަށް ނުދެންޏާމުން ގާސިމް ރުޅި ދުރުވާނެ، ގާސިމަކީ ވަރަށް އަމިއްލަ އެދުމުގެ ކަންތައްތައް އޮންނަ ބޭފުޅެއް، ގާސިމަށް ސަރުކާރުން ވަރަށް ބޮޑު ބަޔެއް އޮންނަނީ، ހަމައެހެން އިމްރާނަށްވެސް، މައުމޫނަށްވެސް ބޮޑު ބަޔެއް އޮވޭ، ގާސިމާއި ރައީސް ސޯލިޙާއި މައްސަލައެއް ނެތެއް ނޫންތޯ“ ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގެ އިދިކޮޅު މެންބަރަކީ އޭނާ ކަމަށެވެ. ޖާބިރު އެގޮތަށް ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި މަޖިލީހުގެ އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ.

ޖާބިރު ވިދާޅުވީ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ އޭނާކަން މަޖިލީހުގެ ރައީސަށް މީގެކުރިން ވެސް އަންގަވާފައިވާ ވާނެކަމަށެވެ. މަޖިލީހުގެ ރައީސްގެ އެކަން ގަބޫލު ކުރުމާއި ނުކުރުން އެއީ އޭނާގެ މައްސަލައެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރަކަށް ވުމަށް މަޖިލީހުގައި މެންބަރުން ގިނަ ކުރާކަށް ނުޖެހެއެވެ.

”އަޅުގަނޑަކީ މިއީ އިދިކޮޅު ލީޑަރު. ދެން ގާސިމަކަށް އިދިކޮޅު ލީޑަރަކަށް ނުވެވޭނެތާ. ގާސިމަކީ މި ކޯލިޝަނުގެ ޕާޓްނަރެއް. ދެން މި އޮންނަނީ ޔާމީން ޕާޓީ، ކިހިނެއް އިދިކޮޅު ޕާޓީއަކަށް ވާނީ. އެހެންވީމަ އަޅުގަނޑުތާ އިދިކޮޅު ލީޑަރެއްގެ ދައުރު މިދިޔަ ދައުރުގެ ދުވަސްތަކުގައި ވެސް މަސައްކަތް ކުރީ“ ޖާބިރު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދުވާގޮތުން، ރިޔާސީ ބަޔާނަށް ޖަވާބު ދޭނީ، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ނުވަތަ މައިނޯރިޓީ ލީޑަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ އެއީ ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް ކަމަށާއި ބަރުލަމާނީ ތާރީހުގައި މިދިޔަ 14 ވަރަކަށް އަހަރު ދުވަސްތެރޭ ވެސް ރައީސަކު އެންމެ ސާފުކޮށް ބަޔާން ދެއްވީ މިއަހަރު ކަމަށެވެ. ދުވަސް ކަމަށެވެ.

ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ޑީއާރްޕީން ވެސް ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީން 200 ވަރަކަށް ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: