ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުން، ހިތަދޫ ސްކޫލަށް 60 ކޮމްޕިއުޓަރު ހަދިޔާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް - މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ކުރިން ބޭނުންކުރި ކޮމްޕިއުޓަރުތަކުގެ ތެރެއިން 60 ކޮމްޕިއުޓަރު، އައްޑޫ ސިޓީ – ހިތަދޫގައި ހުންނަ، ހިތަދޫ ސްކޫލަށް ހަދިޔާކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދުދީދީއަށް ފޯނުން ގުޅުއްވައި ސްކޫލާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވައި އަދި ސްކޫލަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން ކުރިން ބޭނުންކުރި ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް ފޮނުވީ، މަރާމާތަށް ފަހު ކަމަށެވެ.

މަޖިލީހުގައި މެމްބަރުން ޓެބްލެޓް ބޭނުންކުރަން ފެށުމާ ގުޅިގެން، ކުރިން ބޭނުންކުރަމުން ދިޔަ ކޮމްޕިއުޓަރުތައް ހުރީ ބޭނުން ނުކޮށް ބަހައްޓައިފައެވެ.

މަޖިލީހަށް ކޮމްޕިއުޓަރުތައް ގަނެފައި ވަނީ 757،700 ރުފިޔާއަށް ކަމަށާއި، މަރާމާތުކުރުމަށް ހަރަދެއް ގޮސްފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި ކުރިން ބޭނުންކުރަމުން ދިޔަ ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް ހަދިޔާކުރީ އެ ސްކޫލުން މަޖިލީހުގެ އިދާރާގައި އެދުނު އެދުމަކާ ގުޅިގެންނެވެ.

ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ ހިތަދޫ ސްކޫލުގައި 986 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: