ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދާއި އާޒިމް ލަންޑަނަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެންބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެންބަރު އަލީ އާޒިމް ލަންޑަނަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ދެބޭފުޅުން ލަންޑަނަށް ފުރާވަޑައިގެންނެވީ، ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމާއެކު ކޮމަންވެލްތުގެ އިދާރާގައި ރާއްޖޭގެ ދިދަ ނެގުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މަކަމާއި ގުޅިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމަންވެލްތުގެ ބޯޑް އޮފް ގަވަނާސްގެ ބައްދަލުވުމެއްގެ ހަވާސާގައި ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމުގެ މުނާސަބަތުގައި ކޮމަންވެލްތު އިދާރާގައި ދިވެހި ދިދަ ނެގުން އޮންނާނެ ކަމަށެވެ.

 ކޮމަންވެލްތާއި ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގަ އެވެ. އެ ސަރުކާރުން ބުނަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ހަމަޖެހުމަށް ކުރިމަތިވަމުން ދިޔަކަމަށެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތަކީ ރާއްޖެ އަލުން އެ ޖަމިއްޔާއާ ގުޅޭން ނިންމައި، ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފާސްކުރުމެވެ.

ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިކޮށް، ކޮމަންވެލްތުގެ 54 ވަނަ މެމްބަރުގެ ގޮތުގައި ހަމަޖެހިގެން ދިޔަކަން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝާ ސްކޮޓްލެންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާ ހިއްސާކުރެއްވީ މި އަހަރުގެ ފެބްރުއަރީ 1 ގައެވެ.

ކޮމަންވެލްތުގެ އިދާރާ ހުންނަނީ ލަންޑަނުގައި ހުންނަ މަލްބޮރޯ ހައުސްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: