ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް މެނޭޖްކުރުން ހަރުދަނާ ކުރުމުގެ މަޝްރޫއުގައި ސޮއި ކޮށްފި

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެިއން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މާލީ އެހީތެރިކަމާއެކު ކެމިކަލްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ މަޝްރޫޢުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން  ސޮއިކޮށްފިއެވެ. މި މަޝްރޫޢުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓަރު އަކީކޯ ފުޖީ އެވެ.

މި މަޝްރޫޢުގެ ދަށުން ޚާއްސަގޮތެއްގައި ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓސް (މާހައުލުގައި ގިނަ ދުވަހު ހަރުލާފަ ހުންނަ) އިންސާނުންގެ ސިއްހަތަށާއި ތިމާވއްޓަށް ގެއްލުންހުރި ކެމިކަލްސް ރައްކާތެރި ގޮތުގައި ނައްތާލުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 1989 ކުރިން އުފައްދާފައިވާ ދިވެހިރާއްޖޭގައި ހުރިކަމަށް ފާހަގަކުރެވޭ 24 ޓަނުގެ ޕީސީބީ (ޕްލީކޮލޮރިނޭޓެޑް ބައިފީނައިލްސް) އެކުލެވޭ ކަރަންޓު ޚިދުމަތްދޭ ޓްރާންސްފޯމަރުތަކުގައި ހުރި ތެލާއި ޕީސީބީ ބޭނުންކޮށްފައި ހުރި ޓްރާންސްފޯމަރުތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް ވަނީ ރާވަފައެވެ.  1970 އަހަރުން ފެށިގެން ޕީސީބީ އުފެއްދުން މުޅި ދުނިޔެއިން ވަނީ ހުއްޓާލާފައެވެ.                                

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ނުރައްކާތެރި ކެމިކަލްތައް ލޭބަލްކޮށް، ގުދަންކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށް ހަރުދަނާ ނިޒާމުތައް އެކުލަވާލައި، ކެމިކަލްތައް ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި ،މެނޭޖްކޮށް، ކެމިކަލްތައް ދިވެހިރާއްޖެއަށް އެތެރެކުރުން ރެގިލޭއްޓްކުރުމަށް ޤާނޫނީ އޮނިގަޑެއް އެކުލަވާލުންވެސް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު އެކި ގޮންޖެހުންތަކުގެ ތެރެއިން ރަނގަޅު ގޮތުގައި ކެމިކަލް މެނޭޖްކުރުމަކީ މިއަދު ނުހަނު ސަމާލުކަން ދޭން ޖެހިފަވާ ކަމެއްކަމަށާއި އެހެންކަމުން ނުރައްކާތެރި ކެމިކަލްތައް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި ރައްކާތެރި ގޮތުގައި ކެމިކަލްތައް ބޭނުންކުރުމާއި ކެމިކަލްތަކުގެ މެނޭޖްމަންޓް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، އަދި ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކެމިކަލްތައް މޭންޖްކުރުމަށް ޕޮލިސީ، ޕްލޭން އަދި ސްޓްރެޖީތައް އެކުލަވާލުމުށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ނުރައްކާތެރި ކެމިކަލްތަކުން އިންސާނުންނާއި ތިމާވެށި ރައްކާކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ރައްކާތެރި ގޮތުގައި ކެމިކަލްތަކާއި ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.                                                        

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: