ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތުގެ މެމްބަރު ކަމާއި އެކު، އެމްބަސީތައް ހައިކޮމިޝަންތަކަށް!

އެމްބަސީތަކުގެ ނަން ބޯޑްތައް ބަދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމާއެކު، ކޮމަންވެލްތުގެ އެހެން ޤައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް، ”އެމްބަސީ“ތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވުމާއި ގުޅިގެން، އެތަންތަނުގައި ހުރި ނަންބޯޑުތައް ބަދަލުކޮށްފި އެވެ.

މިއަދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު ބަދަލުކޮށް، ހައިކޮމިޝަންގެ ބޯޑު ބަހައްޓަވައިދެއްވީ އެކަމަށްޓަކައި ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން ވަޒީރު އަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިޒަލް އާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީންގެ އިތުރުން ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

 

https://twitter.com/MoFAmv/status/1225742083299790848

އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮޝަނާއި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު ވަނީ މިއަދު ބަދަލުކޮށްފައެވެ.

ނަންބޯޑުތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެޤައުމުގައި ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި، ކޮމަންވެލްތު އެހެން ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ދިވެހިރާއްޖޭގެ ކޮމަންވެލްތުގެ 54 ވަނަ ޤައުމުގެ ގޮތުގައި އެޖަމާޢަތާއި އަނެއްކާވެސް ގުޅިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: