ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖޭގެ އެތަން ތަނެއް ހުރީ މޯގޭޖްކޮށްފަ: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޢެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖޭގެ އެތަން ތަނެއް ހުރީ މޯގޭޖްކޮށްފައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ޝުޖާއު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތާއި ދައުލަތް ހިނގަމުންދާ ގޮތާއި އަދި ވޭތުވެދިޔަ ދެ އަހަރުގެތެރޭގައި ދައުލަތަށް ލިބުނު ގެއްލުމޭ ކިޔައިގެން ދައްކާ ވާހަކަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ޝުޖާއު ވިދާޅުވީ އެސްޑީއެފް ފަންޑުގައި ބޭނުން ކުރެވޭ ވަރަށް ހުރީ 2 މިލިއަން ޑޮލަރު ކަމަށެވެ.

ޝުވާޖު ވިދާޅުވީ ގައުމާ ހަވާޅުވީއިރު އާސަންދައިން ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށް 1.6 ބިލިއަން ދަރާފަ އޮތް ކަމަށެވެ. އެންސްޕާ އާއި އާސަންދައިން ރާއްޖޭގެ ހޮސްޕިޓަލްތަކަށް 400 މިލިއަން ރުފިޔާ ދަރާފައި އޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ މިހާ ހިސާބަށް އައީ އެހާ ދަށް ފެންވަރެއްގައި ގައުމު އޮއްވާ ހިދުމަތްތައްވެސް ފޯރުކޮށްދެމުން ކަމަށެވެ.

”ރައީސް ޑރ. މުއިއްޒު ބޭނުމެއް ނުވޭ އިތުރަށް ގައުމު ދަރާކަށް. މި ބޭފުޅުން މެނޭޖް ކުރި ގޮތަކަށް ނޫން އަޅުގަނޑުމެން ސަރުކާރުން ދިވެހި ދައުލަތް މެނޭޖް ކުރަމުން މިއައީ“

ޝުޖާއު ވިދާޅުވީ ކޮވިޑާއި ގުޅިގެން 7 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބުނު އިރު 8 ބިލިއަން ޗާޕުކުރި ކަމަށެވެ. ޝުޖާއު ވިދާޅުވީ ދިވެހި ރައްޔިތަކަށް ވީ ފައިދާއެއް ނެތް ކަމަށާއި މާސްކުވެސް ޖެހެނީ އަމިއްލައަށް ގަންނަން ކަމަށެވެ.

ރައްޔިތުންނަށް ނޭވާނުލެވިގެން އުޅުނުއިރު ވެންޓިލޭޓަރުންވެސް ހިޔާނާތް ހިންގި ކަމަށާއި އާބާދީގެ ގޮތުން އެންމެ ގިނައިން މީހުން ނިޔާވީ ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: