ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ލިބުނު ހުރިހާ ގޮނޑިތަކަކީ ސީދާ އެ ޕާޓީ ފިކުރުގައި ދިން ވޯޓެއް ނޫން: ޒާހިރު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީީޕީއަށް ލިބުނު ހުރިހާ ގޮނޑިތަކަކީ ސީދާ އެފިރުކުގައި ތިއްބެވި ބޭފުޅުން ދެއްވާފައިވާ ވޯޓުކަމަކަށް ގަބޫލުނުކުރައްވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ އިންތިހާބުގެ ނަތީޖާއާއި ދޭތެރޭގައި ގިނަ ބަޔަކު ހިތްހަމަނުޖެހޭކަން ގަބޫލު ކުރާ ކަމަށެވެ. މި ނަތީޖާ އަންނަން މެދުވެރިވީ ސަބަބުތައް ގިނަކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ކުރަން އޮތީ ބޮޑު މަސައްކަތެއް ކަމަށެވެ.

ޒާހިރު ވިދާޅުވީ ކައުންސިލްއާއި، ޑަބްލިއުޑީސީގެ ގޮނޑީގެ އަދަދަށާއި ވޯޓަށް ބަލާއިރު، ޕީއެންސީއަށް މެޖޯރިޓީ ލިބުނު ކަމަށެެވެ. އަދި އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ކޮން ޕާޓީއަކަށްތޯޯ ބަލާނަމަ ވެސް އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ޕީއެންސީއަށް ކަމަށް ފެންނަން އެބައޮތްކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބުގައި އެމްޑީޕީއަށް ގޮނޑިތަކެއް ލިބިގެން ދިޔަ ކަމުގައި ވިޔަސް މި ހުރިހާ ގޮނޑިތަކަކީ ސީދާ އެމްޑޕީގެ ފިރުކުގެ އަދި އެ ޕާޓީގެ ތާއީދުގައި ދިން ވޯޓުކަމަކަށް ގަބޫލު ނުކުރާކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ. އިތުރު ޕާޓީތަކެއް މި އިންތިހާބުގައި ވާދަކުރާނަމަ މިކަން ފެނިގެންދާނެކަމަށާއި، މި އިންތިހާބުގައި މައިގަނޑު ގޮތެއްގައި ވާދަކޮށްފައި ވަނީ ޕީއެންސީއާއި އެމްޑީޕީކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފެންނަ ނުފެންނަ ވޯޓާއި ބެހޭ ގޮތުން ޒާހިރު ވިދާޅުވީ މިއީ ސަރުކާރަށް ތާއިދު އޮތް މިންވަރު ބެލުމަށް އަދި ޕީއެންސީއާއި އެމްޑީޕީއާއި ތެރެއިން ތާއިދު އޮތް މިންވަރު ބެލުމަށް ނެގުނު ވޯޓެއް ނޫން ކަމަށެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ގާތު ސުވާލު ކުރީ ޒާހިރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބަސް ސަރުކާރަށް މުހިންމު ވުމުންނެވެ. އެއާއި އެކު ރައްޔިތުންގެ ބޮޑު ޕަސަންޓެއް ބުނެފައިވަނީ އެ ބަދަލު ބޭނުން ނުވާކަމަށާއި، މިއީ ފަހަރެއްގައި ވެސް ސަރުކާރަށް ތާއިދެއް އޮތުމާއި ނެތުން ގުޅިފައިވާކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މި ރިފަރެންޑަމްގެ ސުވާލަކީ އެމްޑީޕީ އާއި ޕީއެންސީ ތެރެއިން އެންމެ ތާއިދުކުރާ ޕާޓީ ހޮވުންކަމުގައިވާނަމަ ޕީއެންސީ މޮޅުވާނެކަމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫންކަމަށް ޒާހިރު ވިދާޅުވި އެވެ.

ސަރުކާރަށް ތާއިދު ނެތްކަމަށް އިދިކޮޅު ބޭފުޅުން ދައްކަވާ ހުއްޖަތަކީ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ކަމަށާއި، ނިމިގެން ދިޔަ ކައުންސިލްގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް، މަސައްކަތް ކުރާ ކޮމިޓީގެ ވޯޓަކީ އެއަށްވުރެ މާބޮޑު ވޯޓެއް.

ޒާހިރު ވިދާޅުވީ ރެފެރެންޑަމް ވޯޓަކާއި ގުޅުވައި އިދިކޮޅުން ސަރުކާރަށް ޑިމާންޑެެއްކުރަން ނުޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: