ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ހިތަދޫގައި މަސްހިފަން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ހިތަދޫ މޫދަށް މަސްހިފަން އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހިތަދޫގައި މަސްހިފަން އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 އޭޕްރީލް 21 ވަނަ ދުވަހުގެ މެންދުރުފަހު 15:42 އެހައިކަންހާއިރުއެވެ. މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގެނބުނު ޒުވާނާ ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް، މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: