ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޖުރިބާ ނެތަސް ޙައްޖު ކޯޓާ ދޭ ގޮތަށް އުސޫލު ބަދަލުކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް އެކި ޖަމާއަތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި، ތަޖުރިބާ ނެތަސް ކޯޓާ ދޭވޭ ގޮތަށް ”ކޯޓާ ދޫކުރުމުގެ އުސޫލު“ ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު އަމަލު ކުރަމުން އަންނަ އުސޫލު ބަދަލުކޮށްފައިވާ އިރު، ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހާޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލު ހިނގާކަމުގެ ޝަކުވާ އަބަދުވެސް އެކި ޖަމާއަތްތަކުން ކުރެއެވެ.

އެގޮތުން ހައްޖު ގްރޫޕުތަކަށް ޕޮއިންޓު ދިނުމުގައި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަންކަން ކުރަމުންދާ ކަމަށްބުނެ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ބައެއް މައްސަލަތައް ހުށަހަޅާފައި އެބަހުއްޓެވެ.

އިތުބާރުހުރި ފަރާތަކުން ވަނީ އިސްލާމިކް މިނިސްޓްރީން އަލަށް އެކުލަވާލި އުސޫލުގެ ކޮޕީއެއް ”ސަންގު“ އާ ޙިއްސާކޮށްފައެވެ.  އެނގިފައިވާ ގޮތުގައި އުސޫލު އެކުލަވާލި ނަމަވެސް އަދި އެއަށް އަމަލުކުރާކަށް ނުފަށެވެ.

އެ އުސޫލުގައި ވާގޮތުން ހައްޖަށް މީހުން ގެންދިޔުމުގައި އިސްކަން ދެނީ ތަޖުރިބާއަށް ވުރެ ބޮޑަށް، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތާއި، ޚިދުމަތުގެ ފެންވަރަށެވެ.

މިހާރު އެކުލަވާލާފައި އޮތް އުސޫލުގައި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި، ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވަނީ، ޙައްޖަށް މީހުން ގެންދިޔުމުގައި އެ ކުންފުންޏަކުން ހުށަހަޅާ އަގަށް 10 ޕަސެންޓް، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތާއި، ޚިދުމަތުގެ ފެންވަރަށް 85 ޕަސެންޓް، އަދި އެ ކުންފުންޏެއްގެ ތަޖުރިބާއަށް 5 ޕަސެންޓެވެ.

ޕްރޮޕޯޒަލް އިވެލުއޭޝަންގައި ޕޮއިންޓް ދޭ އިންސައްތަ އެހެން އޮތަސް، ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދައަށް އެދި ކުންފުނިތަކުން ހުށަހަޅާފައިވާ އަގުތަކަށް ބަލައި، އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެ ކަމަށް އަލަށް އެކުލަވާލި އުސޫލުގައިވެއެވެ.

އަލަށް އެކުލަވާލި އުސޫލުގައި ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތާއި، ޚިދުމަތުގެ ފެންވަރަށް ޕޮއިންޓު ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި، ހައްޖާޖީން ހަވާލުގައި ދާ އިސް ވެރިޔާ އަދި އިސް ވެރިޔާގެ އެހީތެރިޔާއަށް، މުޢަމަލާތް ކުރަން އެނގޭ ބަސްތައް ހިމެނެއެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ދެނީ އަރަބި، އުރުދޫ އަދި އިނގިރޭސި ބަސް ދަންނަ ފަރާތަކަށެވެ.

މީގެ އިތުރުން ދެން ހިމެނެނީ ކުރިންވެސް ޕޮއިންޓް ދިނުމުގައި ބަލަމުން އަންނަ ކަންކަމަށެވެ. އެގޮތުން ރާއްޖޭން ސައުދީ އަރަބިއްޔާއަށް ދިޔުމަށް، ދަތުރު މަތީގައި ހޭދަވާނެ ވަގުތާއި، ސައުދީގެ އެތެރޭގައި ދަތުރުފަތުރާއި، ހުރުމާއި ކެއުން އަދި ޑޮކްޓަރު ނުވަތަ ސިއްހީ އެހީތެރިޔާގެ ފެންވަރު ފަދަ ކަންކަން ހިމެނެއެވެ.

ޙައްޖު ކޯޓާ ދޫކުރުމުގައި، ތަޖުރިބާއަށް ބެލުމެއް ނެތި ކޯޓާ ދޫކުރާ ގޮތަށް މިނިސްޓްރީން އުސޫލަށް ބަދަލު ގެންނައިރު، މި ދާއިރާގައި 33 އަހަރުވެފައިވާ ޖަމާއަތެއް ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ ތެރޭގައި ކަޓުވާލި މައްސަލައެއް ފެންމަތިވިއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ބައެއް އިސްބޭފުޅުންނާއި ގާތް ގުޅުން އޮންނަ މީހުންގެ ޖަމާއަތްތަކަށް ފުރުސަތު ފަހިވެގެންދާނެ ކަންކަން ކުރަމުން އަންނަ ކަމުގެ ތުހުމަތުތައް އަބަދުވެސް ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: