ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ޤައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ މޫސުމަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އާންމު ގޮތެއްގައި އެ ސަރަހައްދުތަކުގެ މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރާ މިންވަރަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުނގަޅުދެކުނާއި ހުޅަނގުން ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިނުގައި އެއް ފޫޓާއި ތިން ފޫޓާ ދެމެދުގެ އުސްމިނެއް ހުންނާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

