ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ އެމްޑީގެ މަގާމަށް ޝަފީގު އައްޔަންކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިޕިން ދާއިރާގައި 35 އަހަރުގެ ދިގު ތަޖުރިބާ ހޯއްދަވާފައިވާ ޙުސެއިން ޝަފީޤް މިއަދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، ޝަފީގު އައްޔަންކުރައްވާފައިވަނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށެވެ.

ކަނޑުދަތުރުފަތުރުގެ ދާއިރާއިން މާސްޓާ މެރިނާގެ ސަނަދު ހާސިލުކުރައްވާފައިވާ ޝަފީގަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ ’މަހަޖައްރާފު‘ ގެ ފުރަތަމަ ދިވެހި ކެޕްޓަނެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުފަހަރާއި ފުލީޓުތަކުގެ އިސް ކެޕްޓަނުގެ މަގާމު އަދާކުރައްވައި، ކަނޑުދަތުރުފަތުރު މެނޭޖުކުރުމުގެ ފުރިހަމަ ތަޖުރިބާ ހާސިލުކުރައްވާފައެވެ.

ޝަފީގަކީ ސްްރީލަންކާއިން މާސްޓާ މެރިނާގެ ސަނަދު ހާސިލުކުރެއްވުމުގެ އިތުރުން، މެރިޓައިމް ސައެންސްގެ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ތަޖުރިބާގެ ތެރޭގައި މެރިޓައިމް އޮޕަރޭޝަންތަކުގެ ފީސިބިލިޓީ ދިރާސާތައް ހެއްދެވުމާއި، ރެގިއުލޭޓަރީ މިންގަނޑުތަކާ އެއްގޮތަށް މަޝްރޫއުތައް ރާއްވަވައި ތަންފީޒުކުރެއްވުން ހިމެނެއެވެ.

މީގެ އިތުރުން، އޮޕަރޭޝަންތަކުގައި ދިމާވާ ފަންނީ މައްސަލަތައް ހައްލުކުރެއްވުމާއި، ކުއްލި ހާލަތްތައް މެނޭޖުކުރެއްވުމުގެ އިތުރުން، އުޅަނދުފަހަރުގެ އިންސްޕެކްޝަންތަކާއި މުދަލުގެ ސާވޭތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހެއްދެވުމުގެ ގާބިލުކަން ޝަފީގަށް ލިބިވަޑައިގެންވެއެވެ. އޭނާއަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މަތީ މިންގަނޑުތަކަށް އަހުލުވެރި ބޭފުޅެކެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޝަފީގު މި މަގާމަށް އައްޔަންކުރެއްވުމަކީ ރާއްޖޭގެ ބަނދަރުތަކުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: