ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރި ފަރާތް އިއުލާންކުރުން ޖޫން މަހު

ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ ’ވިން 2 ސްޕީޑްބޯޓްސް‘ ޕްރޮމޯޝަންގެ ދެވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާ ހޮވުން އަންނަ ޖޫން މަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިއީ ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެކެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައިވަނީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ، ’އަލް ޝާލީ މެރިން ކެނެރީ 28‘ މޮޑެލްގެ ފަހުގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މިއީ އޭގެ ފަރުމާގެ ފުރިހަމަކަމާއި ބާރުމިނުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ބޭނުންތަކަށް ވަރަށް އެކަށީގެންވާ އުޅަނދެއްކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖެނުއަރީ މަހު ހޮވައި، މިހާރު ވަނީ އެ ފަރާތާ ލޯންޗު ހަވާލުކޮށްފައެވެ. އެހެންކަމުން، މިހާރު ގިނަ ބައެއްގެ އިންތިޒާރަކީ މި ޕްރޮމޯޝަންގެ ފަހު ނަސީބުވެރިޔަކަށް ވާނީ ކޮން ފަރާތެއްތޯ ބެލުމެވެ. ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ދިރާގުން ބުނި ގޮތުގައި، ޕްރޮމޯޝަންގެ ފުރަތަމަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައިވެސް މި ގުރުއަތުލުން ކުރިއަށްދާނެއެވެ. އެންމެ ފަހު ސްޕީޑްބޯޓު ކާމިޔާބު ކުރުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށް، ދިރާގުގެ ހިދުމަތްތައް މެދުނުކެނޑި ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ގުރުއަތުލުމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. ދިރާގުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް މިފަދަ އަގުހުރި ފުރުސަތުތަކެއް ފަހިކޮށްދިނުމާއެކު، ޑިޖިޓަލް ވަސީލަތްތަކުން މުޅި ރާއްޖެ ގުޅުވާލައި، ދިވެހިންގެ ދިރިއުޅުމަށް ފާގަތިކަމާއި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: