ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނެއް ތައްޔާރުކުރާއިރު ފުޅާ ދާއިރާއެއްގައި މަޝަވަރާތަކެއް ކުރެވެންޖެހޭ: ޝުޖާޢު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނެއް ތައްޔާރުކުރާއިރު ފުޅާ ދާއިރާއެއްގައި މަޝަވަރާތަކެއް ކުރެވެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރީހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުންނެވެ.

ވަޒީފާ އަދާކުރަމުންދާ ފަރާތްތައް، ވަކިން ޚާއްސަކޮށް ރިސޯޓް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޚައްޤުގައި ވާހަކަދައްކާއިރު ފުރިހަމަ ދިރާސާއެއް ކުރަންޖެހޭކަމަށް މެމްބަރު ޝުޖާޢު ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފުރިހަމަ ދިރާސާއެއް ކުރުމަކީ މާލޭގައި ތިބޭ ވަކި ޖަމާއަތަކުން ނިންމާ ނިންމުމެއްގެ ބަދަލުގައި، ރިސޯޓް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ސީދާ ލަފައާއި މަޝްވަރާ ހޯދުމެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވީ، މީގެ ކުރިން 19 ވަނަ މަޖިލީހުން ފާސްކުރި މިނިމަމް ވޭޖުގެ ގާނޫނަކީ އެކަށީގެންވާ މަޝްވަރާ ނުކޮށް ނިންމާފައިވާ ކަމެއްގެ ހެއްކެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން އެއްވެސް ރިސޯޓް މުވައްޒަފަކަށް ހައްގު އުޖޫރަ ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”އޭގެ އެއްހެކި އެއީ މިނިމަމް ވޭޖުގެ ގާނޫނު 19 ވަނަ މަޖިލީހުން ފާސްވެގެންދިޔަ ގޮތް. މިއަދު އައްސަވާ ރިސޯޓު އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ޒުވާނުންގެ އަރިހުން މިނިމަމް ވޭޖުގެ ގާނޫނުގެ ދަށުން ކޮން މުވައްޒަފަކަށްތޯ އޭގެ ހައްގު އުޖޫރަ ލިބުނީ،“ މެމްބަރު ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން، ކެންދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހުގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ވިދާޅުވެ ޝުޖާޢު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. މިހާރުވެސް ރިސޯޓް މުވައްޒަފުންނަށް މުސާރަ ދެނީ ބޭރު ފައިސާއިންކަން ފާހަގަކުރައްވައި، ހުށަހެޅި އިސްލާހުގައި ޑޮލަރުން ސާވިސް ޗާޖު ދޭންޖެހޭނެ ވާހަކަ ބަޔާންކޮށްފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާޢު ވާހަކަ ނިންމަވާލައްވަމުން ތަކުރާރުކޮށް ވިދާޅުވީ، ރައްޔިތުންގެ ޚައްޤުތަކާ ގުޅުންހުރި މިފަދަ މުހިންމު ޤާނޫނުތައް ފަރުމާކުރާއިރު، ކަމާގުޅޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: