ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަކީ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލު، އެ ކުދިންގެ މުސްތަގުބަލު ދުއްވާ ނުލާ: ޖާބިރު

ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ގާނޫނު ހަރުކަށި ކުރުމަށް ޖާބިރު ގޮވާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ އަބުރާއި އިއްޒަތް އަދި އެ ކުދިންގެ މުޅި މުސްތަގުބަލް ދުއްވާލާ ވާހަކަތަކާއި އެކު ގައުމުގެ މުޅި އިޖްތިމާއީ ފޭރާން ވީދިފައިވާކަމަށާއި، މިކަމާއި ދެކޮޅަށް ގާނޫނުތައް ވަރުގަދަ ކުރަންޖެހޭ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވެ، މުޖްތަމައުގެ ހާލަތު ވަނީ ގޯސްވެފައެވެ. ފާއިތުވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އިވެމުންދަނީ ކުދިންނަށް ކުދާ ޖިންސީ އަނިޔާތަކާއި، ނަފްސާނީ އަނިޔާތައް އަދި ޖިސްމާނީ އަނިޔާތަކުގެ ވާހަކައެވެ. އެއަށްފަހު މުވައްސަސާތަކުގެ ޒިންމާ ރަނގަޅު ގޮތުގައި އަދާ ކުރުމަށް ގޮވާލާ މަސައްކަތްތަކެއް ވެސް ވަނީ ކުރެވެން ފަށާފައެވެ.

އިއްޔެގެ މެންދުރުގެ ވަގުތެއްގައި ޅަ ދެކުއްޖަކު ނުރަނގަޅު އަމަލުތަކެއް ހިންގާތަން ފެނުމުން ބަޔަކު ވަނީ ކުދިންގެ ބެލެނިވެރިންނަށް ހުށަހެޅުމުގެ ބަދަލުގައި އެ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. މައްސަލައިގައި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ. އަދި ވީޑިއޯކޮށް އާއްމު ކުރި މީހާ ހޯދާ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލާފައިވާއިރު ފުލުހުން ވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ބުނެފައެވެ.

https://twitter.com/PoliceMv/status/1226075760064000000

މިފަދަ މައްސަލަތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ ޖާބިރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އެންމެ އަގުބޮޑު ރައުސްމާލަކީ ކުޑަކުދިން ކަމަށެވެ. އަދި އެ ކުދިން ހެޔޮ ގޮތުގައި ބަލާ ބޮޑު ކުރުމާއި، އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް މައިންބަފައިންނާއި ބޮޑެތި މީހުންގެ މައްޗަށް އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާކަން ޖާބިރު ފާހަގަކުރެއްވިއެވެ. ކުޑަކުދިން ރައްކާތެރި ގޮތުގައި ގެންގުޅުމަށް ކީރިތި ގުރުއާނުގައި ވެސް އަންގަވާފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އެއީ ޒަމާނުއްސުރެން ދިވެހިން ވެސް އަމަލު ކުރަމުން އައި ގޮތް ކަމުގައި ދެކޭ ކަމަށެވެ. ކުޑަކުދިންގެ އަބުރާއި އިއްޒަތް އަދި އެ ކުދިންގެ މުޅި މުސްތަގުބަލް ދުއްވާލާ ވާހަކަތަކާއި އެކު ގައުމުގެ މުޅި އިޖްތިމާއީ ފޭރާން ވީދިފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ދިވެހި ކޮންމެ މީހެއްގެ ސިކުންޑިއަށް ވެސް މިއަދު ވައްދަންވީ، ކުޑަކުދިން ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަމަށާއި، އެ ކުދީން ހަލާކުކޮށް ނުލުމަށް ޖާބިރު އެދިވަޑައިގެންނެވިއެވެ. ޖާބުރު ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އެ ދުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، ކުޑަކުދިންނާއި ދޭތެރޭ ބައެއް މީހުން ހިންގާ އެކި ނޭއްގާނީ އަމަލުތައް ހުއްޓާލުންގެ ގޮތުގައި ޖާބިރު ފާހަގަކުރެއްވިއެވެ. އަދި އެއީ ކޮންމެ މީހެއްގެ އަގީދާގެ ގޮތުގައި ވާންޖެހޭ ކަމަށް ޖާބިރުގެ ވާހަކައިގައި ހިމެނުއްވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

”ދިވެހި ރާއްޖޭގެ ކުޑަކުދިން ހިމާޔަތް ކުރަންޖެހޭނެކަން އަޅުގަނޑުމެންގެ ސިކުނޑިއަށް ވަންނަންވީ. އަޅުގަނޑުމެންގެ އަގީދާއަކީ އެއީ ކަމުގައި ވާންޖެހޭ.“ ޖާބިރު

ރައްޔިތުންގެ މަޖިލީހުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަމުދާ މަސައްކަތްތަކަށް ޖާބިރު ވަނީ ތައުރީފު ކުރައްވާފައެވެ. ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވީ ޝިދާތާ ޝަރީފް މަގާމުން ދުރުކުރުމަށް ކުރެވުނު މަސައްކަތް ވެސް ޖާބިރު ފާހަގަކުރެއްވިއެވެ. އަދި އަލަށް އެ މަގާމަށް އައްޔަން ކުރެވުނު އައިޝަތު މުހައްމަދު ދީދީގެ ގާބިލު ކަމާއި މެދު އެއްވެސް ސުވާލެއް ނުއުފައްދާކަމަށް ޖާބިރު ވިދާޅުވިއެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމުގެ ޝަކުވާތަކަށް އެތައް ދުވަހެއް ވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެގަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ޝިދާތާ އެ މަގާމުން ދުރުކުރުމަށް ފާސްކުރިއެވެ. އަދި މަޖިލީހުން އެ މަސައްކަތް ފަށާފައިވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު އެ މަގާމަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވީ އައިޝަތު މުހައްމަދު ދީދީގެ ނަންފުޅެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ، ދިވެހި ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް ރައީސް ސޯލިހު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އަދި ކެބިނެޓަށް އެ ގެނައި ބަދަލަކީ ކޮންމެހެން ވެސް ގެންނަން ޖެހޭ ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ޖާބިރު ވަނީ ރައީސް ސޯލިހް ގެންނެވި ބަދަލަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޖެންޑާ މިނިސްޓަރަކީ ޒިންމާއިން ފުރިގެންވާ މިނިސްޓަރެއްގެ ގޮތުގައި ޖާބިރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރާއްޖޭގެ ކުޑަކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތް އަބަދުވެސް ކަށަވަރު ކުރެވެވެން ވާނެ ކަމަށް ވިދާޅުވިއެވެ.  

ޖާބިރު ވިދާޅުވީ އެކެއްގެ ގޭތެރޭއާއި، ކޮރިޑޯގައި ހިނގާ ކަންތައް ވީޑިއޯކޮށް އާއްމު ކުރުމަކީ އިސްލާމް ދީނުގައި ވެސް މަނާ ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުންނާއި ދެކޮޅަށް ގާނޫނުތަކެއް ގެނެވި ހަރުކަށި އަދަބު ދިނުމަށް ޖާބިރު ގޮވާލެއްވިއެވެ. ޖާބިރު ވަނީ ކުރިޔަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް ޕްރައިވެސީއާއި ބެހޭ ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: