ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޗެއާޕާސަންކަމަށް ކުރިމަތިލާން ހުޅުވާލައިފި، އިންތިހާބު ޖޫން 12 ގައި!

އެމްޑީޕީ ޗެއާޕާސަންކަމަށް ވާދަކުރާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނުގައި ބުނީ، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން އެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާކަމަށެވެ. މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މޭއި މަހުގެ 2 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

މި އިންތިހާބުގައި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޕާޓީގެ މެންބަރެއްކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ އެންމެހާ ޝަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީ ބުނި ގޮތުގައި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭނީ ޕާޓީން ކަނޑައަޅާފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ. އަދި ފޯމާއިއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަރީން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑުގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ވެސް ހުށަހަޅަންޖެހޭނެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ ޖޫން 12 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. ދެ ބޭފުޅުން ވެސް އިންތިހާބަށް ރަސްމީކޮށް އިއުލާނުކޮށް ކެމްޕެއިން ވަނީ ފަށާފަ އެވެ.

މި އިންތިހާބަށް ވެސް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ރައީސް ނަޝީދަށް ވެސް ޕާޓީގެ ގިނަ އިސް ބޭފުޅުން ތާއީދު ކުރެ އެވެ. އެގޮތުން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އޭނާއާއި އަރިސް މެމްބަރުން ތާއީދު ކުރަނީ ރައީސް ނަޝީދަށެވެ.

މީކާއިލް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: