ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ބަންދުކޮށްފައިވާ ގައިދީންގެ ހައްގުތައް: ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތަށް ބަދަލު ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަމަށް ގެނެސް، އަންނައުނު ފޮނުވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކަރެކްޝަނުން މިފަދަ ނިންމުމެއް ނިންމާފައިމިވަނީ ”ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019“ ގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި މިކަން ހިމަނާފައިވަނިކޮށެވެ. އެ އިދާރާއިން ބުނީ އާއިލާއިން ގެންނަ އަންނައުނު ބަލައިގަންނާނީ މާލެ ޖަލުގެ ރިސެޕްޝަނުން ކޮންމެ ހޮނިހިރު ދުވަހެއްގެ 9:00 އިން 14:00 އަށް ކަމަށެވެ.

ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލެއްވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި މާލެ ޖަލާއި މާފުށި ޖަލުގައި ގައިދީން ބައިތިއްބާފައި ވަނީ ޖަލުގެ ޖާގައަށްވުރެ އިތުރަށް ކަންވެސް ފާހަގަކުރިއެވެ. 290 ޞަފްހާގެ އެ ރިޕޯޓްގައި ރާއްޖޭހެ ހުރިހާ ޖަލުތަކެއްގެ ހާލަތު ވަހިވަކިން ބަޔާންކޮށް އިސްލާހަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރުގެ މޭއި މަހުގެ ތެރެގައެވެ.

އޭގައި ޖަލުތަކުގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސައި މީހުން ޖަލުގައި ބަންދުކުރާތާ 24 ގައިޑިއިރު ތެރޭ އާއިލާއަށް އެކަން އެންގުމަށް ގައިދީއަށް ފޯނު ކޯލް ކުރުމުގެ ފުރުސަތު ދޭން ފަށައި ކޮންމެ 15 ދުވަހަކުން އެއް ފަހަރު އާއިލާއަށް ހިލޭ ގުޅާލުމުގެ ފުރުސަތު ދިނުމަށް ބުނެފައިވެއެވެ.

މީގެ ކުރިން ޖަލުތަކުގައި އުޅޭ މީހުންނަށް ޑޮކްޓަރަށް ދެއްކުމުގައި އިހުމާލްވާކަމަށް ބުނެފައިވާއިރު، ގައިދީން ޑޮކްޓަރަށް ދެއްކުމުގެ ކަންތަކަށް އައިޖީއެމްއެޗްގެ ހާއްސަ ޑޮކްޓަރުންގެ އެއް ނަންބަރު ގައިދީންނަށް ހާއްސަ ކުރުން ހިމެނެއެވެ.

ގައިދީންގެ ހައްގުތަކުގެ ވާހަކަތަކާއި އެކު، އެންމެ ބޮޑަށް ދެކެވެނީ އާއިލީ ބައްދަލުވުންތަކާއި އާއިލާތަކަށް ބަންދުގައި ތިބޭ މީހުންނަށް ގެއިން ތަކެތި ނުފޮނުވުމެވެ. ޖަލުގައި ތިބޭ ގައިދީންނަށް އާއިިލާއިން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލީ އޮކްޓޫބަރު 15، 2017 ގައެވެ. އެ ގޮތަށް އޭރު ހަމަޖެއްސީ ގައިދީންނަށް އަންނައުނު ފޮނުވާއިރު އެތަކެތި މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތް ކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.

އެ އުސޫލަށް ބަދަލު ގެނެސް ކަރެކްޝަންސް އިން ބުނެފައިވަނީ ބުނީ ދެ އަހަރަށްފަހު އޭރު ނިންމި ނިންމުން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި ”ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު އާއިލާގެ ފަރާތުން ފޯރުކޮށްދިނުމުގެ އުސޫލު“ އާންމުކޮށް އެ އުސޫލަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އަލަށް އެކުލަވާލެވުނު އުސޫލުގައިވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މައްސަކަތް ކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ، ވަގުތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކޮށް، އެ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.

ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލި ކޮމިޝަނުން އެލުކަވާލި ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ ޖަލުތަކަކީ އެކި ކެޓަގަރީގެ މީހުން ބަންދުކުރުމަށް ހަދާފައިވާ ޖަލުތަކަކަށްވީނަމަވެސް، ގިނަ ޖަލުތަކުގައި ހުރިހާ ކެޓަގަރީއެއްގެ މީހުންވެސް ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޖަލުތަކުގައި ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާފައި ނުވާކަމާއި، އެކި ޖަލުތަކުގައި އެއް ކެޓަގަރީއެއްގެ މީހުންނާމެދުވެސް އެކި ގޮތަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: