ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް ރާއްޖެއަށް އަންނަންވެއްޖެ: އީވާ

ޝެއާރކޮށްލާ ކަހަލަދޯ؟

މުވާސަލަތީ ޚިދުމަތް ދިނުމަށް ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް ދިވެހިރާއްޖެއަށް އަންނަންވެއްޖެ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ”ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފެއްދުމާއި ދެމެހެއްޓުމުގެ ބިލް“ އަށް ވާހަކަ ދައްކަވަމުން އިވާ ވިދާޅުވީ، ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދިނުމަށް ދިރާގާއި އޫރިދޫ ނޫން ކުންފުންޏެއް ރާއްޖެއަށް އަންނަންޖެހޭކަން އެންމެނަށްވެސް އެނގޭ ކަމަށެވެ.

އީވާ ވިދާޅުވީ މުވާސަލާތީ ޚިދުމަތް ދިނުމަށް އިތުރު ކުންފުންޏެއް އަންނަންޖެހެނީ، ދިރާގާއި އޫރިދޫ އިން ދެމުން އަންނަ ޚިދުމަތްތަކަށް ވަކި ހެޔޮ ބަދަލުތަކެއް އައިސްފައި ނުވާތީ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ޚިދުމަތް ފޯރުކޮށްދެއްމުން އަންނަ ފެންވަރަކަށް ދިރާގާއި އޫރިދޫ އަކަށް އެ ޚިދުމަތެއް ނުދެވޭ ކަމަށް އީވާ ވިދާޅުވިއެވެ.

”އިންޓެނެޓް ކުޑަވާ ދުވަހެއް ނުކެނޑޭ ދުވަހެއް އިއްޒަތްތެރި ރައީސް މަދުވާނެ، އެހެން ނަމަވެސް ދުނިޔޭގެ އަގުތަކާއި ބަލާފައި ވަކި އަގުވެސް ރަނގަޅީކީއެއް ނޫން، އެ ބޮޑު އަގުގައި އެ ކުޑަކުޑަ ސްޕީޑުގައި އެ ލިބޭ އިންޓަނެޓްގެ ޚިދުމަތަކީ ވިހިވިހީގައި އެލިބެނީ އިންޓަނެޓް ޚިދުމަތޭ ދަންނަވަންވެސް އަޅުގަނޑަކަށް ނުކުރޭނެ“ އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުންފުނިތަކުގެ ވިޔަފާރީގައި މޮނޮޕޮލީ އޮތުމުން މުޅި ގައުމުގެ އިއްތިޞާދަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެފަދަ ކުންފުނިތަކުން އިއްތިޞާދުގެ ބާރުވެރިކަން ނެގުމުން އެކަމުގެ ތެރެއަށް ސިޔާސީ ނުފޫޒް ވަންނަ ކަމަށް އިވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެފަދަ ކުންފުނިތަކުން މުޅި މީޑިއާ ހިސޯރުކޮށްގެން އުޅުމުގެ ސަބަބުން، ރައްޔިތުންގެ ސިކުޑިތަކާއި ކުޅުމުގެ ފުރުސަތުވެސް އެކުންފުނިތަކަށް ލިބިގެންދާ ކަމަށެވެ. އަދި އެފަދަ ކުންފުނިތަކާއި ދެކޮޅަށް އެއްޗެއް ލިޔަންވެސް މީޑިއާތައް ޖެހިލުންވާ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ވާހަކަތައްވެސް މީޑިއާތަކުން ގެންނަ ޖެހިލުންވެއެވެ. އަދި ސަރުކާރު ކުންފުނިތަކުން ތެރޭގައި މޮނޮޕޮލީ ނެތް ނަމަ، މިހާރަށްވުރެ ހެޔޮ އަގުގައި ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދެވުނީސް ކަމަށް އީވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: