ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ އެމްއައިޓީޑީސީގެ އެކައުންޓް އެންމެފަހުން ފްރީޒްކޮށްފި

އިންޓަގްރޭޓް ރިސޯޓް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރަން ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާ ލ. ބަރެސްދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިޔަށް ގެންދާ ލ. ބަރެސްދޫ މަޝްރޫއުއަށް އެކި ފަރާތްތަކުން ނެގި ފައިސާތައް ހުކުމާއި އެއްގޮތަށް ދައްކާފައިނުވުމުގެ ސަބަބުން ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށް ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

އެމްއައިޓީޑީސީއަށް ދޫކޮށްފައިވާ ބަރެސްދޫއިން ބިންތައް ދޫކުރުމުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީން އަބްދުލް ގައްޔޫމާއި ގާތްގުޅުމެއް ބޭއްވި ސަރުކާރުގެ އިސްމަގާމުތަކެއް އަދާކުރި ބޭފުޅުންތައް ހިމެނޭކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި ވިދާޅުވެފައެވެ.

އެމްއައިޓީޑީސީއިން ކުރިއަށް ގެންދިޔަ ލ. ބަރެސްދޫ ޕްރޮޖެކްޓްގައި ކޮރަޕްޝަން އުޅޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއިންވެސް ވަނީ ތަހުގީގު ކުރަން ފަށާފައެެވެ. އޭސީސީއަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ބަރެސްދޫ ޕްރޮޖެކްޓުން އެކި ފަރާތްތަކަށް ދޫކުރި ވިޔަފާރި ޔުނިޓްތައް ގަތް އެ ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާއިން އެމްއައިޓީޑީސީގެ އިސް ފަރާތްތަކަކުން އުސޫލާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެމްއައިޓީޑީސީ އުފައްދާފައިވަނީ ފަތުރުވެރިކަމަށް ތަރައްގީކޮށް ފަތުރުވެރިކަމުގެ ތަފާތު ޕްރޮޖެކްޓުތައް ޕްރޮމޯޓު ކުރުމުގެ މަގްސަދުގައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަށްފަހު، ކުންފުނި އުފެއްދީ ބޮޑެތި ޕްރޮޖެއްކްޓުތަކާއި އެކުނަމަވެސް، 2018 ވަނަ އަހަރު ކުންފުނި ވަނީ ބަނގުރޫޓުވެ ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތައް ވެސް އެހެން ބަޔަކަށް ދޫކޮށް ވިއްކާލާފައެވެ. ކުންފުނި ގެއްލުމުގައި ހިންގަމުން އަންނައިރު، މަސައްކަތާއި ހަވާލުވެ ނޫސްވެރިންނާއި ބައްދަލުކޮށް ރާއިދުވެސް ވަނީ ކުންފުނީގެ ތެރޭގައި އެތައް ހިޔާނާތެއް ހިންގުމުގެ ސަބަބުން ދަރަނިވެރިވެފައިވާކަމަށް ވިދާޅުވެފައެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރާއިދު

ބަރެސްދޫ މަޝްރޫއުއަށް ބަލާއިރު އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުގެ ދަށުން ބިން ގަތުމަށް ގިނަ ބަޔަކު ފައިސާ ދެއްކިއެވެ. މަޝްރޫއުގެ ބުކިން ފީގެ ގޮތުގައި އެމްއައިޓީޑީސީއަށް ލިބިފައިވަނީ 3.5 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ނުގެންދާތީ ފައިސާ ދެއްކި ފަރާތްތަކުން ވަނީ އެ ފައިސާ އަނބުރާ ހޯދުމަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކާއި ކުންފުނިން ފައިސާ ހަވާލުވެސް ކުރިއެވެ.

އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން މިދިޔަ މަހު އަމުރުކުރީ ބުކިން ފައިސާ އަނބުރާ ދައްކަން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ދައްކަމުން ނުދާތީ ކަމަށް އެނގިފައިވެ އެވެ.

އެމްއައިޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ ފަސް ބޭފުޅެކެވެ. އެއީ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދުގެ އިތުރުން ސިމާނާ އިސްމާއިލް އާއި މޫސާ މުސްތަފާ އަދި އަލީ ނަބީލް އެވެ.

 

އިންޓަގްރޭޓް ރިސޯޓް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރަން ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާ ލ. ބަރެސްދޫ

2014 ވަނަ އަހަރު ގެސްޓް ހައުސް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމި ބަރެސްދޫ ޕްރޮޖެއްކްޓަކީ އެމްއެމްއެމްޕީއާރުސީއިން ފެށި މަޝްރޫއެކެވެ. އެހެން ނަމަވެސް އެ މަޝްރޫއު އެމްއައިޓީޑީސީގެ ދަށަށް ބަދަލު ކުރީ ކުންފުނި އުފެއްދުމަށްފަހު 2016 ވަނަ އަހަރު ތެރޭގައެވެ. މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ރާއިދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީން އެ ރަށުގެ ބިންތައް 19 ފަރާތަކަށް ދޫކޮށް ލޭންޑް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 34 ރުފިޔާ ނަގާފައިވާކަމަށެވެ. އަދި އެ ޕްރޮޖެކްޓު އެމްއައިޓީޑީސީއަށް ބަދަލު ކުރުމުން އެ ކުންފުންޏަށް 14 މިލިއަން ރުފޔާ ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއައިޑީސީގެ ދަށަށް ޕްރޮޖެކްޓު ބަދަލުކުރިފަހުން ފަހުންވެސް 19 ފަރާތެއްގެ އަތުން ބިމުގެ ކުލީގެ ގޮތުގައި 19 މިލިއަން ރުފިޔާ ނަގާފައިވެއެވެ. އެހެން ނަމަވެސް ބައެއް މަސައްކަތްތަކުގެ ލިޔެކިޔުން ނުވަތަ ތަފްސީލުތައް ފެންނަން ނެތެވެ.

އޭގެ އިތުރުން، އެމްއައިޓީޑީސީގެ އޭރުގެ މެނޭޖްމެންޓް ފަރާތްތައް ފެއާތަކަށް ދަތުރުކުރުމަށް ދެ މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އައްޑޫ އިންޓަރގްރޭޓްޑް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ބިންތައް ވަކިވަކިން ވިއްކާ ގޮތަށް ތަރައްގީ ކުރާ ބަރެސްދޫން 16 ބިމެއް ވިކިފައިވާ ކަމަށް އެމްއެމްޕީއާރުސީން މީގެ ކުރިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: