ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީގެ ރައްދު: ފިޔާޒް ދައްކަވަނީ ބިރު، ޖަވާބު ދޭނީ ކޯޓަށް ނުވަތަ ކޮމިޓީއަށް!

ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ފިޔާޒު ވިދާޅުވުމުން ޓޫރިޒަމްގެ ރަައްދެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން ހުށައެޅި މައްސަލައަކާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރު ނުވުމުން ”ބާރުގެ ބޭނުން“ ކުރައްވާނެ ކަމަށް ބުނެ ޓްވީޓު ކުރުމަކީ މުވައްޒަފުންނަށް ބިރު ދެއްކުންކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީއިން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒަށް ރައްދުދީފިއެވެ.

އެމްއެމްޕީއާރްސީގެ އެގްރީމެންޓުގެ މައުލޫމާތު ޓްރޭޑް ޔޫނިއަނަށް ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އެހެން ނަމަވެސް އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީއިން ހާޒިރުވެފައި ނުވެއެވެ. އެ މައްސަލައާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ފިޔާޒް ވަނީ ޓްވީޓެއް ކުރައްވާ ”ރައްޔިތުންގެ ހައްގަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން“ ކަމަށް ވިދާޅުވެފައެވެ.

އެ އަމަލީ އެއީ ނާތަހުޒީބު އަމަލެއް ކަމަށާއި، ”މާއްދާ 29“ ނެގެހެއްޓުމަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިމާނެ ކަމުގެ އިންޒާރު ފިޔާޒު ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ދީފައެވެ. އަޑުއެހުންތަކަށް ހާޒިރު ނުވެއްޖެނަމަ އެ ބައެއްގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބާރު އައިކޮމްއަށް ލިބިގެންވާއިރު އެ ކޮމިޝަނުން ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރުމަށެވެ.

 

https://twitter.com/hussainfiyaz/status/1227117841687560192

ޓްރޭޑް ޔޫނިއަންއިން ބޭނުންވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީއަށް ޓޫރިޒަމް މިނިސްޓްރީއިން ދޫކުރި ރަށްތަކުގެ ލިސްޓެކެވެ. އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލައެއް ހުށަހަޅަންޖެހޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއަކަށް ރަސްމީކޮށް ފޮނުވައިގެންވެސް އެ މައުލޫމާތެއް ނުލިބިއްޖެ ހާލަތެއްގައެވެ.

ޓްރޭޑް ޔޫނިއަންއިން ހުށަހެޅި މައްސަލައާއި ގުޅިގެންނާއި، ފިޔާޒު ކުރެއްވި ޓްވީޓާއި ގުޅިގެން ޓޫރިޒަމްއިން އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ މިނިސްްޓްރީން އަދާކުރަންޖެހޭ ގާނޫނީ ވާޖިބު އަދާކުރުމުގައި ރައްޔިތުންގެ އިތުބާރާއި، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށް ތިބި ފަރާތްތަކުގެ އިތުބާރު ދަމަހައްޓާ ނަގަހައްޓާނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ އެގްރީމެންޓުގެ މައުލޫމާތު ހޯދުމަށް ޓްރޭޑް ޔޫނިއަނުން ހުށައެޅުމުން އެކަމަށް ޖަވާބުދީފައިވާނެ ކަމަށެވެ.

ފިޔާޒު ޓްވީޓުގައި ހާމަކުރެވި މައުލޫމާތުތަކަށް ކަންބޮޑުވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މިނިސްޓްރީގެ ސިވިލްސާވިސް އެއްވެސް މުވައްޒިފަކަށް ބިރު ދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް، ބަލައިނުގަންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި މި މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ކަންކަމުގައި ޒިންމާވެ، ޖަވާބުދާރީވާނީ މިނިސްޓަރު އަދި މިނިސްޓްރީގެ ސިޔާސަތު ނިންމާ ޕޮލިސީ މުވައްޒިފުންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވަނީ، އެއްވެސް ކަމެއް ސާފުކުރުމަށް ބޭނުންވާނަމަ އެކަމަކާއި ބެހޭ މައުލޫމާތު ކޮމިޓީއެއް ނުވަތަ ޝަރުއީ ކޯޓެއްގައި ވެސް ޖަވާބުދާރީވުމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި މައުލޫމާތު ހޯދުމުގެ ހައްގާއި، ރައްޔިތުންގެ ހައްގަކީ ”ކުޅޭކުޅޭ“ އެއްޗެއް ނޫންކަން ގަބޫލުކުރާ ކަމަށާ ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގަތީއްސުރެ އެންމެ ފުޅާ ދާއިރާއެއްގައި އެ މިނިސްޓްރީން މައުލޫމާތު ހާމަކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ، ދިވެހި އެތައް ރައްޔިތުންގެ ކަންބޮޑުުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: