ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުވެސް ’ވިލުނުވެރި ކަނބަލުން‘ ޕްރޮގްރާމް ބޭއްވުމަށް އެޗްޑީސީން ނިންމައިފި

ވިލުނުވެރި ކަނބަލުން 2026 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި--- ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގައި އަންހެނުން ބާރުވެރިކޮށް، ފަންނީ ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ”ވިލުނުވެރި ކަނބަލުން“ ޕްރޮގްރާމް މިއަހަރުވެސް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ. މިއީ އެމް.އައި.ޓީއާ ގުޅިގެން އެޗްޑީސީން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.

މި ޕްރޮގްރާމްގެ ދަށުން ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނު އަމިއްލައަށް މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ގޭތެރޭގައި ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށް އުނގަންނައިދިނުމާއި، އެފަދަ ހާލަތްތަކުގައި އަމިއްލަ ނަފްސަށް އިތުބާރުކޮށް ތައްޔާރުވެފައިވާ ބަޔަކަށް ކަނބަލުން ހެދުމެވެ.

2023 ވަނަ އަހަރު ބޭއްވި މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޑޮމެސްޓިކް އެޕްލައެންސް ޓްރެއިނިންގްގެ އިތުރުން، ސައިކަލުތަކަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ ހާއްސަ ޓްރެއިނިންއެއްވެސް މިއަހަރު ތާވަލުކޮށްފައިވެއެވެ. ފާއިތުވި އަހަރު މި ޕްރޮގްރާމްގައި 323 ފަރާތަކުން ބައިވެރިވެފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.

މި އަހަރުގެ ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ 07 މެއި 2026 ގައެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު 2026 މެއި 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ މީސް މީޑިއާ މެދުވެރިކޮށް ރަޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ، އެމްއައިޓީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ހާއްސައެހީއަށް ބޭނުންވާ މީހުންނަށާއި ޒުވާނުން ހުނަރުވެރިކުރުމަށް އަމާޒުކޮށްގެންވެސް ކުރިއަށް އޮތް ތަނުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކަނބަލުންނަށް ފަންނީ ހުނަރުތައް ދަސްކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެއްކަމަށް އެ ކުންފުނިން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: