ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަކަށް ހުންނަވައިގެން ބާރުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ޤާނޫނީ އޮނިގަނޑު ފާސްވާންޖެހޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---- ފޮޓޯ: އަވަސް.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ ފަދަ ގޮތަކަށް ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ބަދަލުކޮށް ފާސްކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ނަމުގައި ކުރިއަށްގެންދަވާ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހއ. އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަކީ މީގެ 30 އަހަރު ކުރިން ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތުން ގެނެވުނު ބަދަލުތަކެއް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސުންވެސް، އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި އެތައް ނުރަނގަޅު ކަންތައްތަކެއް ކޮށްފައިވާ ކަމަށް އެމަނިކުފާނު އިޢުތިރާފުވެވަޑައިގަތެވެ. މީގެ ތެރޭގައި ފަނޑިޔާރުން ވަކިކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަތްބާނައި ކުންފުނިތައް ބަނގުރޫޓު ކުރުން ހިމެނޭ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިންތިހާއަށް އޮތުމުގެ ސަބަބުން މިވަގުތު ބޭނުންވާ އިސްލާހީ ބަދަލުތައް ނުގެނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީން މި މަސައްކަތް ބާރަށް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ރާއްޖޭގެ ޤުދުރަތީ ވަސިލަތްތަކުގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ތަނަވަސްކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ”ބޮޑު ބަދަލެއް“ ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް، މީގެ ކުރިން ރައީސް މައުމޫންވެސް އެގޮތަށް ވިދާޅުވިކަން ނަޝީދު ހަނދާންކޮށްދެއްވިއެވެ. އަދި އެ ދުވަސްވަރު އެމަނިކުފާނަށް ޖަލުގެ އަނިޔާ ލިބުނުކަންވެސް ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒަށް މިވަގުތު މިއަށްވުރެ ބޮޑު މެންޑޭޓެއް ނެތް ކަމަށާއި، ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަކީ ކޮންމެ ރައީސެއްގެވެސް ޒިންމާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ރައީސް ޑރ. މުޢިއްޒު ފަހަތަށް ޖެހިވަޑައިނުގެން، ޤައުމީ މަސްލަހަތަށްޓަކައި މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ބާރުއަޅުއްވައި އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: