ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އެހީގައި މާލޭގައި 500 ފްލެޓް އަޅަނީ

ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދާއި ޗައިނާގެ ސީއައިޑީސީއޭގެ ވައިސް ޗެއާމަން ލިއު ޖުންފެންގް/ ފޮޓޯ: ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކުރިއަށްދިޔަ ”ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް“ ކޮންފަރެންސްގެ ހަވާސާގައެވެ.

މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ޗައިނާ ސަރުކާރުން ދޭ ”އިންޓަރެސްޓް-ފްރީ“ ނުވަތަ އިންޓަރެސްޓް ނުނަގާ ގޮތަށް ހަމަޖައްސާފައިވާ މާލީ ފެސިލިޓީއެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) ގެ ވައިސް ޗެއާމަން ލިއު ޖުންފެންގް އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މި ދަތުރުގެ ތެރެއިން ސީއައިޑީސީއޭގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުންތަކުގައި، ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ އެކި މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތަރައްގީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުރިމަގުގައި ހިންގާނެ އައު މަޝްރޫއުތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޗައިނާ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު އެއް ބައިވެރިއަކަށްވާއިރު، އެ ގައުމުގެ އެހީގައި މީގެ ކުރިން ވެސް ރާއްޖޭގައި އިންފްރާސްޓްރަކްޗަރ ބޮޑެތި ޕްރޮޖެކްޓުތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: