ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. ހޮޅުދޫއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް!

ހުޅޮދޫއަށް އުދައާފައި - ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހޮޅުދޫއަށް އުދައަރައި ބޮޑުތި ގެއްލިންތަކެއް ލިބިއްޖެއެވެ.

ރޭ ދަންވަރުން ފެށިގެން ހުޅުދޫއަށް އުދަ އެރުމުގެ ސަބަބުން، ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 3 ފޫޓަށް ފެންބޮޑުވެ، ގޭގެއަށް ފެނުގެ އަސަރުކޮށްފައިވާ ކަމަސް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި، ހޮޅުދޫގެ ބައެއް ގޭގެއަށް ފެންވަދެ، ފޫޓަކަށްވުރެ ބޮޑަށް ފެންހެދިފައި ވެއެވެ.  އޭގެ ސަބަބުން. ހިފާގެންގުޅޭ ސާމާނުތަކާއި ފަރުނީޗަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ޖުމުލަ ގާތްގަނޑަކަށް 12 ވަރަކަށް ގެއަށް ލޮނުގަނޑު ވަދެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ، ހޮޅުދުއަށް ވާރޭ ވެހިފައި ނުވާ ކަމަށެވެ. އުދަ އަރާފައިވަނީ ވައި ބާރުވުމުގެ ސަބަބުން ކަމަށާއި ކަމާބެހޭ ފަރާތްތަކާއި ރައްޔިތުން ގުޅިގެން ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުނެއެވެ.

ރޭ ހޮޅުދޫއަށް އުދަ އަރާފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ، ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރެ، އުދަ އަރާފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: