ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ކެމްޕެއިންގައި އިބުރޭ ބައިވެރިވާކަމަށް ބުނެ ފިޔަވަޅު އަޅަން މީކާއިލް އެދިއްޖެ

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ)/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި، ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ބައިވެރިވެވަޑައިގަންނަވާތީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް، އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި މީކާއިލް ވިދާޅުވީ، ޕާޓީގެ އިދާރީ އެންމެ އިސް އެއް މަގާމުގައި ހުންނަވައިގެން ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އިބުރޭ އުޅުއްވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން އެކަން ސާފުކޮށް ފެންނަން އެބައޮތްކަމަށް މީކާއިލް ވިދާޅުވިި އެވެ.

މީކާއިލްގެ ސިޓީގައި ބުނެފައި ވަނީ، ޗެއާޕާސަންގެ ނައިބައަކީ ޕާޓީގެ ދަފްތަރު ބެލެހެއްޓުމާއި، މެންބަރުން އިތުރުކުރުމާއި، ކެމްޕެއިންތައް ރޭވުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްކަމަށްވާއިރު، އެތެރޭގެ އިންތިހާބެއްގައި އެފަދަ ބޭފުޅަކު ހުންނަވަންވާނީ ވަކިފަރާތަކަށް ނުޖެހި ކަމަށެވެ. އެހެންކަމުން އިބުރޭ އެހެން ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ދަތުރުތަކުގައި ބައިވެރިވެ، އަމަލީ ގޮތުން އެ ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތް ކުރަމުން ދިއުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭޓަށް ފޯރުކޮށްދީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެއްގެ ގޮތުގައި މީކާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިހާބުގެ ކަންކަން ހިނގަމުންދަނީ އިބުރޭގެ ބެއްލެވުމުގެ ދަށުންކަމަށް ވާތީ، އޭނާ ވަކި ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމުން އިންތިހާބުގެ އިންސާފުވެރިކަމާ މެދު އާންމު މެންބަރުންގެ މެދުގައި ސުވާލު އުފެދޭނެކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންކަމުން، ކެމްޕެއިން މުއްދަތުގައި އިބުރޭ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމަށާއި، މި މައްސަލަ ބަލައި ޕާޓީގެ އުސޫލުތަކުގެ ތެރެއިން އަވަސް ފިޔަވަޅެއް އަޅައިދިނުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.

ކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކުގައި، ކުއްލި ގޮތަކަށް އިބުރޭ މަގާމުން ވަކިކުރި އެވެ. ނަމަވެސް މައްސަލަ ހައްލުކޮށް، ޕާޓީގެ ހިންގުން 6 ލީޑަރުންނާއި ހަވާލުކުރުމާއި އެކު އިބްރޭގެ މަގާމު އަލުން އިޔާދަކުރި އެވެ. އޭރު މައްސަލައިގެ ތެރޭގައި ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވެއްދި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: